March 17, 2026
Advertisement
..
.. / ރައީސް އޮފިސް

އަމިއްލަ ކުންފުނިތަކަށް ސަރުކާރުން މަޝްރޫއުތައް ހަަވާލުކުރާކަމަށް ބުނެ ރައީސް އިތުރުފުޅު ހައްދަވައިފި

Yana Shareef
ޔާނާ ޝަރީފް
Oct 22, 2025, 04:51 PM

ކުރިއަށް އޮތް 10 ދުވަސްތެރޭގައި ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް ޑރ.މުހައްމަދު މުއިއްޒު އިތުރުފުޅު ހައްދަވައިފިއެވެ.

Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ، ލ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ލ. ގަމުގައި ބޭއްވި ޖަލްސާގައި ބޭއްވި ޖަލްސާގައެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވިއިރު ސަރުކާރުން ގިނަ މަޝްރޫއުތައް ހަވާލުކުރަމުން އަންނަނީ ސަރުކާރުގެ ކުންފުނިތަކާއެވެ.

މިފަހަކަށް އައިސް އެއާޕޯޓު ކުންފުންޏާ ވެސް ގިނަ މަޝްޜޫއުތަކެއް ހަވާލުކުރަމުން އަންނަވަރުން އެ ކުންފުނިން ވަނީ ކުންފުނީގެ ދަށުން އައު ކުންފުންޏެއް ވެސް އުފައްދަވާފައެެވެ.

ސަރުކާރުން އަމިއްލަ ކުންފުނިތަކާމެދު ނުވިސްނާކަމަށް ބުނެ އަމިއްލަ ކުންފުނިތަކުގެ ވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނާތީ ރޭ ބޭއްވި ޖަލްސާގައި ޑޭމޭޖް ކޮންޓްރޯލް ކުރުމަށް ރައީސް މުއިއްޒު ވަނީ އަމިއްލަ ކުންފުނިތަކާ ދިިހަ ދުވަސް ތެރޭ ގިނަ މަޝްރޫއުތަކެއް ހަވާލުކުރާނެކަމަށް ވިދާޅުވެފައެވެ.

އަމިއްލަ ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރި ނަމަ ވެސް ކުރިންވެސް އެ ކުންފުނިތަކަށް ސަރުކާރުން ފައިސާ ނުދޭ އެތައް މައްސަލަ އެއްް ފެންމަތިވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved