March 17, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހް
ޕީއެންއެފްގެ އެސްޖީ މަލީހް / މިހާރު

ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން ދުރަށްދާތީ މަލީހުގެ ކަންބޮޑުވުން

Mariyam Isaadha
މަރިޔަމް އިސާދާ
Oct 23, 2025, 12:30 AM
މާލެ ސިޓީ

މި ސަރުކާރުގެ ޒިންމާދާރު މަގާމުތަކުގައި ތިބޭ ފަރާތްތަކުން ސަރުކާރާ ފެއަށް ޖެހެމުންދާތީ ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Advertisement

މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރަން ސަރުކާރުން މަސައްކަތް ކުރާތީ ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އާދަމް އިސްތިއުފާ ދީފައިވާ ވުމަށް އިޝާރާތްކުރައްވާފައެވެ.

އެގޮތުން މަލީހު ވިދާޅުވީ، ގައުމުގެ ހެޔޮ ވިސްނޭ ހުރިހާ އެންމެން ޒިންމާދާރު މަގާމުތަކުން ދުރަށް ދާން މަޖްބޫރުކުރުވުމަކީ ގައުމު ސުންނާފަތިކޮށްލުން ކަމަށެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ސަރްވަޝް އިސްތިއުފާގައި ވިދާޅުވެފައިވަނީ، ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރަން ސަރުކާރުން ކުރާ މުއާމަލާތަކީ ގާނޫނީ އަދި އިގުތިސާދީ ވެސް ގިނަ ކަންބޮޑުވުންތަކެއް އޮތް މުއާމަލާތެއް ކަމަށެވެ. އެކަމަކު، އެ ކަންބޮޑުވުންތަކާ ގުޅޭ ތަފުސީލަކަށް އޭނާ ވަޑައިގެންފައެއް ނުވެއެވެ. އޭނާ ވިދާޅުވީ، މަގާމުން އިސްތިއުފާ ދިނީ އެ ނިންމުމާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން ކަމަށެވެ.

ސަރްވަޝްއަކީ މާލީ ދާއިރާގެ ތަޖުރިބާކާރު ހުރި އިލްމީ ބޭފުޅެކެވެ.

އެމްއެމްއޭއަށް ޕެންޝަން އޮފީސް މެދުވެރިކޮށް ސެކަަންޑްރީ މާކެޓުގައި 2.5 ބިލިއަން ރުފިޔާގެ ބޮންޑެއް ވިއްކާކަން ނުރަސްމީ ސަރުކާރުގެ އިސް އޮފިޝަލުން ޔަގީންކޮށްދެއެވެ. އެކަމަކު، އެ މުއާމަލާތާ ގުޅޭ މައުލޫމާތު ފިނޭންސް މިނިސްޓްރީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved