March 17, 2026
Advertisement
..
.. / ރައީސް އޮފިސް

ބާރު އޮވެ މަޝްރޫއުތައް ކުރިއަށް ނުގެންދެވޭނީ އަމިއްލަ މައްސަލައަކުން: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Oct 23, 2025, 12:42 AM
މާލެ ސިޓީ

ހުރިހާ ބާރެއް އޮވެމެ ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ގައުމުގެ ތަރައްގީއަށް ހިންގަން ޖެހޭ މަޝްރޫއުތައް ކުރިއަށް ނުގެންދެވޭނީ އަމިއްލަ މައްސަލައަކުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މިސަރުކާރުން ސޮއިކުރި އެތައް ޕްރޮޖެކްޓެއް ކުރިއަށް ނުދަނީ އިދިކޮޅުން ޖެއްސުން ކުރާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވާކަމަށް ރިޕޯޓުކޮށްފައިވާ ޚަބަރެއްގެ ސްކްރީން ޝޮޓު ހިއްސާ ކުރައްވާ ޑރ ޖަމީލު ވިދާޅުވީ، ޑރ މުއިއްޒު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކުގެ ސަބަބުން އެމަނިކުފާނު ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލިހާ މުޅި ދައުލަތް އޮތީ ރައީސް މުއިއްޒުގެ މުށތެރޭގައި ނޫންތޯ އައްސަވާ ޑރ ޖަމީލު ވަނީ އެ ދައްކަވަނީ ތާކުން ތާކު ނުޖެހޭ ވާހަކަ ކަމަށެވެ.

ރައީސް މުއިއްޒު ބޭނުންވުމުން ބޭނުން ފިޔަވަޅެއް މީގެ ކުރިން ކަންކަމުގައި އަޅުއްވައިފައިހުރިކަން ޑރ ޖަމީލު ފާހަގަކުރެއްވިއެވެ. އެގޮތުން ބޭންކަކީ ބަޢާވާތް ކުރާތަނަކަށް ހަދާ ތަހުގީގަށް ހުށަހެޅި ކަމާ ދައުލަތުގެ ސްޓޭޓޫ މިނިސްޓަރަކަށް ސިހުރުގެ ތުހުމަތުކޮށް މަގާމުން ވަކިކުރި ކަމާ ހަމައެހެންމެ ކަރަންޓް ކެނޑޭތީ ސްޓެލްކޯގެ ޖިނާއީ ތަޙްގީގެއްވެސް ކުރަން ފެށިކަންވެސް ހަނދާނަށް ގެންނަވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ، މުޅި ދައުލަތުގެ ބަޖެޓް އަތަށް ނަގައިގެން ރައީސް މުއިއްޒު ބޭނުންހާ ބެރަކަށް ނަށަމުން ދާއިރު ޕްރޮޖެކްޓްތައް ކުރިއަށް ނުދާނީ އެންމެ ސަބަބަކާ ހުރެ ކަމަށެވެ. އެއީ ރައީސް މުއިއްޒުގެ ކިބައިގައި މައްސަލައެއް ހުރެގެން ކަމަށް ވެސް ޑރ. ޖަމީލު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved