May 25, 2026
Advertisement
އައްޑޫ ސިޓީ
އައްޑޫ ސިޓީ / ސޯޝަލް މީޑިއާ

މަރުވެފައި ތިބި ދެމަފިރިއަކު ގެއެއްގެ ތެރެއިން ފެނިއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Oct 23, 2025, 12:58 AM
މާލެ ސިޓީ

މަރުވެފައި ތިބި ދެމަފިރއަކު ގެއެއްގެ ތެރެއިން ފެނިއްޖެއެވެ.

Advertisement

ދިވެހި ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މަރުވެފައި ތިއްބާ ފެނިފައިވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ދެމަފިރިއެކެވެ.

އެ ދެމަފރިންގެ ހަށިގަނޑު ފެނިފައިވަނީ، އައްޑު ސިޓީ ހިތަދޫ ކްރޭންގެއިން ކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ހިތަދޫގައި ހުންނަ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީގައި އަލަށް ހެދި ގެއަށް އެ ދެމަފިރިން ބަދަލުވީ މީގެ ތިން ދުވަސްކުރިން ކަމަށް ވެއެވެ. އަދި އެ ދެމަފިރިން ހަބަރެއް ނުވެގެން ގޮސް ބެލިއިރު މަރުވެފައި އޮތީ އެއް ކޮޓަރިއެއްގެ ތެރޭގައި ކަމަށް ވެސް ވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެފަދަ މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށާ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މަރުވިއިރު އެއްވެސް ޒަހަމެއް ހުރި ކަމެއް ފުލުހުން ނުބުނެ އެވެ.

ނިޔާވެފައިވަނީ، ސ.ހިތަދޫ ކްރޭނުގޭ އިބްރާހިމު އަބްދުﷲ އާ ސ. މަރަދޫ ނާރެސް، ފަރަހަނާޒް ރަޝީދުއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved