March 16, 2026
Advertisement
ކުރީގެ ރައީސް ނަޝީދު
ކުރީގެ ރައީސް ނަޝީދު / -

ކުރިން ނުރަނގަޅު ކަމެއް ހިނގުމަކީ މި ވެރިކަމުގައި އެކަން ކުރަން އޮތް ހުއްޖަތެއް ނޫން: ނަޝީދު

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 23, 2025, 06:20 PM
މާލެ ސިޓީ

ކުރީ ސަރުކާރުތަކުގައި ނުރަނގަޅު ކަމެއް ހިނގާފައި އޮތުމަކީ މި ވެރިކަމުގައި އެކަން ކުރަން އޮތް ހުއްޖަތެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Advertisement

ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިދިޔަ ވެރިކަމުގައި ނުރަނގަޅު ކަމެއް ހިނގާފައި އޮތުމަކީ މި ވެރިކަމާއި ދެން އަންނަ ވެރިކަމެއްގައި ވެސް އެކަމެއް ކުރުމަށް އޮތް ހުއްޖަތެއް ނޫން ކަމަށެވެ. މި ޕޯސްޓަކީ ސީދާ ކޮން ކަމަކާ ގުޅުވައި ކުރެއްވި ޕޯސްޓެއްކަން ނަޝީދު ހާމައެއް ނުކުރައްވައެވެ.

-
-

ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ މިދިޔަ ހަފުތާގައި ޕެންޝަން އޮފީހުގެ ބޯޑުން އެމްއެމްއޭއާ އެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފައި ވަނިކޮށެވެ.

އެމްއެމްއޭއަށް ޕެންޝަން އޮފީސް މެދުވެރިކޮށް ސެކަަންޑްރީ މާކެޓުގައި ވިއްކަނީ 2.5 ބިލިއަން ރުފިޔާގެ ބޮންޑެކެވެ. އެއީ، ފައިސާ ޗާޕުކުރުން ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެ މުއާމަލާތާ ގުޅިގެން ފިނޭންސް މިނިސްޓްރީން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ ފައިސާ ޗާޕްނުކުރާ ކަމަށް ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved