March 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މަލީހް މުއިއްޒަށް: ފުޓްބޯޅަ ނުކުޅެ ޒިންމާ އަދާކޮށް ގައުމުގެ އިގްތިސާދު ހަމަ މަގަށް އަޅުވަންވީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 23, 2025, 11:06 PM
މާލެ ސިޓީ

ފުޓްބޯޅައާއި އެހެނިހެން ކުޅިވަރުތައް ނުކުޅެ ވެރިއެއްގެ ޒިންމާ އަދާކޮށް ގައުމުގެ އިގްތިސާދު ހަމަ މަގަށް އެޅުމަށް މަސައްކަތް ކުރުމަށް ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި އޮންނަ މުއިއްޒު އާއި އިންފަންޓީނޯގެ ފުޓްބޯޅަ މެޗަށް ފާޑުވިދާޅުވެ މަލީހް ވަނީ އެކްސްގައި ޕޯސްޓްކޮށްފައެވެ.

މަލީހް ވިދާޅުވީ ގައުމުގެ އިގްތިސާދު ހީނަރުވެފައިވާ އިރު މި ދަނޑިވަޅުގައި މުހިއްމު ވާންވީ އިގްތިސާދަށް ދިމާވެފައިވާ މައްސަލަތަކާއި ގޮންޖެހުންތައް ހައްލުކޮށް ގައުމު އާރާސްތު ކުރުމަށް ކަމަށެވެ.

-
-

މިގޮތުން، ގައުމަށް ދިމާވެފައިވާ ޑޮލަރު މައްސަލަ ހައްލުކޮށް ވެރިކަން ކުރުމަށް ލިބިފައިވާ މި ފުރުސަތުގައި ހިންގުން ހަރުދަނާކޮށް ނަތީޖާ ނެރެން މަސައްކަތް ކުރަންޖެހޭ ކަމަށް މަލީހް ފާހަގަކުރެއްވިއެވެ.

މި ފުޓްބޯޅަ މެޗް ރާވާފައި މިވަނީ މިފަހުން ރައީސް މުއިއްޒު އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒު ފުޓްބޯޅައިގައި ޖަހައްސަވަން އުޅުއްމުގެ ތެރޭގައި މުއިއްޒު އަރުއްވައިގެން ހުންނެވި ބޫޓު ވިއްސައިގެން ދިޔަ ހާދިސާގައި ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved