March 17, 2026
Advertisement
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަނީ
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

އަނިޔާވެރިކަމަށް ވާގިދޭ ބަޔަކަށް ފުލުހުން ވެގެން ނުވާނެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Oct 24, 2025, 02:05 AM
މާލެ ސިޓީ

ފުލުހުންނަކީ އަނިޔާޥެރިކަމަށް ވާގގިވެރިވާ ބަޔަކަށް ވެގެން ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ދާދި ފަހުން އެމްޑީޕީއިން ބޭއްވި "ލޫޓުވާލައިފި" މުޒާހަރާގައި ފުލުހުންގެ ފަރާތުން ފެނިގެން ދިޔައީ ޑިމޮކްރެސީއާ ބީރައްޓެހި އަމަލުތަކެއްކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ޑިމޮކްރެސީގެ ބޮޑެތި ބާރުތައް ކަމުގައިވާ ގައުމުތަކުގައިވެސް ވެރިން ގޯސް ހެދުމުން ޖަވާބުދާރީ ކުރުވަން ނުކުންނަނީ ރައްޔިތުން ކަމަށާ އެގޮތުން ދާދި ފަހުން އެމެރިކާގައި ވެސް އެފަދަ މުޒާހަރާތަކެއް ކުރި ކަމަށެވެ.

ނަމަވެސް ރައްޔިތުންނާ ދެކޮޅަށް ފުލުހުން ނެރެ ހާޖާނު ހަދާފައި ނުވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ނަމަވެސް މި ސަރުކާރުން ދިޔައީ ފުލުހުން ނެރެ ރައްޔިތުންނާ ކުރިމަތިލައްވުމާ "ދުންކާލި" އަރުވާ އަނިޔާވެރިވަމުން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ހުރިހާ ޑިމޮކްރެސީއެއްގައި ވެސް ރައްޔިތުންގެ ބާރު ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށާ އެކަން ހުއްޓުވޭނެ ގޮތެއް ނުވެސް އޮންނާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ ވިޔަސް އަދި ކޮންމެ ސިޔާސީ ޕާޓީއެއްވެސް ހައްގުތަކެއް އޮންނާނެ ކަމަށާ އެ ހައްގުތައް ނިގުޅައިގަނެގެން ނުވާނެ ކަމަސެވެ. ނަމަވެސް ފުލުހުންަށް އަނިޔާވެރިވާ ނަމަ ފުލުހުންގެ ފަރާތުންވެސް ދިފާއުގައި ކަންކުރުން ގޯސް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، އެމްޑީޕީއިން ނުކުތް މުޒާހަރާގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް އެމްޑީޕީއިން ތުހުމަތުކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved