March 16, 2026
Advertisement
ޕީއެންއެފްގެ 20 މަޤާމަށް 55 ބޭފުޅުން ކުރިމަތި ލައިފި
ޕީއެންއެފްގެ 20 މަޤާމަށް 55 ބޭފުޅުން ކުރިމަތި ލައިފި / ތޭރަ އޮންލައިން

ޕީއެންއެފްގެ 20 މަޤާމަށް 55 ބޭފުޅުން ކުރިމަތިލައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Oct 24, 2025, 02:20 AM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓުގެ 20 މަގާމަށް 55 ބޭފުޅުން ކުރިމަތިލައިފިއެވެ.

Advertisement

ޕީއެންއެފްގެ 20 މަގާމަކަށް ކުރިމަތިލާން ހުޅުވާލީ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުއެވެ. މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި އަކީ 23 އޮކްޓޯބަރު 2025 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އެވެ. ސުން ގަޑި ހަމަވިއިރު، ޕާޓީގެ ރައީސްކަމުގެ މަގާމަށާ ނައިބުންގެ މަގާމުގެ އިތުރުން ޕާޓީގެ ޚަޒާންދާރުގެ މަގާމަށް އަދަދު ވުރެ އިތުރަށް ކުރިމަތިނުލައެވެ. 14 ސެނެޓަރުންގެ މަގާމަށާ އަދި ޕާޓީގެ ރަޖިސްޓްރާގެ މަގާމަށް 51 ބޭފުޅުން ކުރިމަތިލާފައިވެއެވެ.

ކުރިމަތިލި ބޭފުޅުންގެ މެދުގައި ގުރު ނެގުން އެ ޕާޓީގ އޮފީހުގައި ބުރާސްފަތި ދުވަހުގެރޭ ވަނީ ކުރިއަށް ގެންގޮސްފައެވެ.

މަގާމުތަކަށް ކުރިމަތިލީ ބޭފުޅުންގެ އިންތިޚާބު ކުރިއަށް ދާނީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ޕީއެންއެފްގެ ގައުމީ ޖަލްސާގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved