March 12, 2026
Advertisement
އައްޑޫއިން ނިޔާވި ދެމަފިރިންގެ އާއިލާތަކަށް ރައީސް ޔާމީން ތައުޒިޔާ އަރިސްކުރައްވައިފި
އައްޑޫއިން ނިޔާވި ދެމަފިރިންގެ އާއިލާތަކަށް ރައީސް ޔާމީން ތައުޒިޔާ އަރިސްކުރައްވައިފި / ތޭރަގްރެފިކްސް

އައްޑޫއިން ނިޔާވި ދެމަފިރިންގެ އާއިލާތަކަށް ރައީސް ޔާމީން ތައުޒިޔާ އަރިސްކުރައްވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Oct 24, 2025, 02:50 AM
މާލެ ސިޓީ

ބުދަ ދުވަހުގެ ވަގުތެއްގައި، އައްޑޫ ސިޓީއިން ނިޔާވެފައި ތިއްބާ ފެނުނު ދެމަފިރިންގެ އާއިލާތަކަށް، ރައީސް އަބްދުﷲ ޔާމީން ތައުޒިޔާ އަރިސްކުރައްވައިފިއެވެ.

Advertisement

ޕީއެންއެފުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ހާދިސާ ހިނގާ ދިޔަ ގޮތް އަދި އެނގިފައި ނުވި ނަމަވެސް، އެއީ ހިތާމެރި ހާދިސާއެއް ކަމަށާ މި ހިތްދަތި ވަގުތުގައި އާއިލާއަށް އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައާ އަދި ޕީއެންއެފްގެ ނަމުގައި ތައުޒިޔާ އަރިސް ކުރައްވާ ކަމަށެވެ.

ރައީސް ޔާމީން ވަނީ އާއިލާއަށް މި ވަގުތު ކެތްތެރިކަން ދެއްވާ މައްޔިތުންގެ ފުރާނައަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާ ދަންނަވާފައެވެ.

އައްޑޫ ސިޓީގައި ނިޔާވި އެ ދެމަފިރިން ފެނުނީ ދެމަފިރިންގެ ޚަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓުކުރުމުން އެ ދެމަފިރިން އަލަށް ބަދަލުވި ގޭގެ ފުރާޅު ނަގާ ގޭތެރެއަށް ވަނުމުން ކަމަށް ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ދިވެހި ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މަރުވެފައި ތިއްބާ ފެނިފައިވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ދެމަފިރިއެކެވެ.

ހިތަދޫގައި ހުންނަ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީގައި އަލަށް ހެދި ގެއަށް އެ ދެމަފިރިން ބަދަލުވީ މީގެ ތިން ދުވަސްކުރިން ކަމަށް ވެއެވެ. އަދި އެ ދެމަފިރިން ހަބަރެއް ނުވެގެން ގޮސް ބެލިއިރު މަރުވެފައި އޮތީ އެއް ކޮޓަރިއެއްގެ ތެރޭގައި ކަމަށް ވެސް ވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެފަދަ މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށާ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މަރުވިއިރު އެއްވެސް ޒަހަމެއް ހުރި ކަމެއް ފުލުހުން ނުބުނެ އެވެ.

ނިޔާވެފައިވަނީ، ސ.ހިތަދޫ ކްރޭނުގޭ އިބްރާހިމު އަބްދުﷲ އާ ސ. މަރަދޫ ނާރެސް، ފަރަހަނާޒް ރަޝީދުއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved