March 13, 2026
Advertisement
ރައީސް މުއިއްޒު
ރައީސް މުއިއްޒު / ރައީސް އޮފިސް

ރަށް ރަށަށް ވަޑައިގެން އެ ވިދާޅުވާ ކަންކަން ކުރަން ފައިސާއެއް ނެތް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Oct 24, 2025, 03:30 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ރަށް ރަށަށް ވަޑައިގެން ކޮށްދެއްވާނެކަމަށް ވައުދުވަމުން ގެންދަވާ ކަންކަން ހަގީގަތަކަށް ހަދަން ދިވެހި ރާއްޖޭގައި ފައިސާ ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޕްރައިވެޓު ސެކްޓަރުގެ ކުންފުނިތަކަށް ޕްރޮޖެކްޓުތައް ހަވާލުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މި ވަގުތު ޕްރައިވެޓު ސެކްޓަރ އޮތީ ސަރުކާރުން ދޭން ޖެހޭ ފައިސާ ނުލިބި ހަކަތަ ހުސްވެފައި ކަމަށާ އެހެންކަމުން އެ ސެކްޓަރގައި އިތުރަށް ޕްރޮޖެކުޓު ހިންގާނެ ވަރު ނެތް ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ޕްރައިވެޓު ސެކްޓަރއަށް ފައިސާ ދޭން 20 ބިލިއަން ސަރުކާރުން ހޯދަން ޖެހޭ ކަމަށާ ސަރުކާރުގައި ލިކިއުޑިޓީ ނެތި މުޅިން ޑްރައި ވެއްޖެކަމަށެވެ.

ގައުމުގައި ކަންކަން ކުރިއަށް ނުދާނެ ކަމަށާ ސަބަބަކީ ގައުމުގެ އިގްތިސޯދާ މާލީ ނިޒާމު އެއްކޮށް ފެއިލްވެފައިވުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން ރަށް ރަށަށް ވަޑައިގެން ރައީސް މުއިއްޒު އެ ވިދާޅުވާ ކަންކަން ކުރަން ފައިސާ ގައުމުގައި ނެތް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދެން އޮންނާނެ ގޮތަކީ އަނެއްކާވެސް ފައިސާ ޗާޕުކުރުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved