ރައީސް ޑރ މުހައްމަދު މުއިއްޒުހާ ފެންވަރު ދަށް ރައިސަކު މި ގައުމު ދެކެފައި ނުވާ ކަމަށް ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ބުރާސްފަތި ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން ޑރ ޖަމިލު ވިދާޅުވީ، ދުނިޔޭގެ ފެންވަރުގައިވެސް އޭޓީއެމްއާ ހުޅުވުމާ ކުދި ކުދި ތަންތަނުގެ ރިބަން ކެނޑުން ފަދަ ކަންކަމަކީ ތަރައްގީކަމުގައި މާބޮޑަށް ރިކޯޑުކުރެވިގެން ކުރިއަށް ނުގެންދާ ކަމަށާ ނަމަވެސް މިއަދު މި ގައުމުގެ ރައީސް ގެންދަވަނީ އެވަރުކަމެއް ނެތިގެން އެކަންކަން އިފްތިތާހުކުރަމުން ކަމަށެވެ.
ނަމަވެސް ވެރިމީހާ އާ ހަވާލުވެފައި އެއަށް ވުރެ މާބޮޑެތި ޒިންމާތައް ހުންނަކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ، ގައުމަށް ވެއްދުނު ބޭރުގެ އެހީވެސް މި ސަރުކާރަށް ނެތް ކަމަށެވެ. ސަބަބަކީ ސަރުކާރުގެ އަމަލުތައް ބައިނަލްއަގްވާމީ މުޖުތަމައުން ނުހަނު ގާތުން ބަލަމުން ދިއުން ކަމަށާ ރައީސް މުއިއްޒުގެ އަމަލުތަކުން އެމަނިކުފާނުގެ ޏާގާބިލުކަން ބައިނަލްއަގްވާމީ މުޖުތަމައަށްވެސް ހާމަވެފައިވާ ކަމަށެވެ.
ޑރ ޖަމީލު އިތުރަށް ވިދާޅުވީ، ރައީސް ސޯލިހަށްވުރެވެސް ރައީސް މުއިއްޒުގެ ނާގާބިލުކަން އިތުރު ކަމަށެވެ.