ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޔާމީންގެ ބައްޕަ ނ. ވެލިދޫ އަމަން، އިބްރާހިމް ރަޝީދު މިއަދު ނިޔާވެއްޖެއެވެ.
އިބްރާހިމް ރަޝީދު ނިޔާވިއިރު ޢުމުރަކީ 70 އަހަރެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހިމް ރަޝީދު ނިޔާވީ ފަސް އަހަރެއްހާ ދުވަހު ބަލިވެ އުޅުއްވުމަށް ފަހުގައެވެ.
އަމިއްލަ ވިޔާފާރީގެ އިތުރުން އިބްރާހިމް ރަޝީދު ވަނީ ވަރަށް ގިނަ ދުވަހު ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ، ސްޓެލްކޯގައި ހިދުމަތްކުރައްވާފައެވެ.
އިބްރާހިމް ރަޝީދުގެ ކަށު ނަމާދު ވަނީ މިއަދުގެ ހުކުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ބާއްވާފައެވެ.