March 2, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކުޅުދުއްފުށި ސިޓީގައި 16 އަހަރުގެ އަންހެން ކުއްޖަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 13, 2026, 08:39 PM
މާލެ ސިޓީ

ހދ. ކުޅުދުއްފުށި ސިޓީގައި އުމުރުން އެންމެ 16 އަހަރުގެ އަންހެން ކުއްޖަކު މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

Advertisement

މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ އެ ރަށު ލަތީފީ މަންޒިލް، ޝަޒްފާ އަބްދުﷲ އިބްރާހިމް އެވެ. ޝަޒްފާ އަކީ އެ ރަށު ސްކޫލްގެ ގްރޭޑް 10 އެއްގައި ކިޔަވަމުންދިޔަ ދަރިވަރެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރޭ ނިދުމުގެ ކުރިން ބޮލުގައި ރިއްސާތީ ޝަޒްފާ އެ ވާހަކަ އާއިލާއާ ހިއްސާކޮށްފައިވެއެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނުނީ، މިއަދު ހެނދުނު ސްކޫލަށް ދާން ގޮވުމުން އެއްވެސް ޖަވާބެއް ނުދީގެން، އާއިލާގެ މީހުން ކޮޓަރިއަށް ވަދެ ބެލި ބެލުމުންނެވެ.

ޒުވާން އުމުރުގެ ކުއްޖަކު ކުއްލި ގޮތަކަށް ވަކިވެދިޔުމާ ގުޅިގެން ކުޅުދުއްފުށި ސިޓީއަށް ވަނީ ބޮޑު ސިހުމަކާއި ހިތާމައެއް ލިބިފައެވެ. ޝަޒްފާގެ ވަކިވުމާއެކު އޭނާ ކިޔަވަމުންދިޔަ ސްކޫލަށާއި މުޅި ރަށަށް ވަނީ ފުން އަސަރެއް ކޮށްފައެވެ.

ޝަޒްފާގެ ޖަނާޒާ ބޭއްވުމަށް ނިންމާފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހު، އެސިޓީގެ މަސްޖިދުލް ހަލާރާތުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved