March 17, 2026
Advertisement
-
- / ސްޓެލްކޯ

ހަފްތާ ބަންދުގައި ކަރަންޓް ކެނޑުން އާންމުކަމަކަށް ސްޓެލްކޯއިން ހަދައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 25, 2025, 04:20 PM
މާލެ ސިޓީ

ވަޒީފާތަކުގައި ބުރަކޮށް މަސައްކަތް ކުރުމަށްފަހު ހުރިހާ އެންމެން ކަހަލަ ގޮތަކަށް އެންމެ އިންތިޒާރު ކުރަމުންދާނީ ހަފްތާ ބަންދަށެވެ. ހުކުރު، ހޮނިހިރު ދުވަހު އަރާމުކޮށް ހަމަޖެހިލައިގެން ނިދާލަން ހިތަށް އަރާ މީހުން މަދެއްނޫނެވެ.

Advertisement

ނަމަވެސް ހިތާމައަކީ އަރާމުކޮށްލަން ސްކޫލް ކުދިންނަށާއި ގިނަ މީހުންނަށް މި ލިބޭ ހަފްތާ ބަންދުގައި ކަރަންޓް ފޯރުކޮށްދޭ މައި ކުންފުނި ކަމަށްވާ ސްޓެލްކޯއިން މެއިންޓެނެންސް ނަމުގައި ހެނދުނު ހެނދުނާ ކަރަންޓް ކަނޑާލުން އާންމުކަމަކަށް ހަދާތީއެވެ.

ސްޓެލްކޯގެ ކަރަންޓްގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ހިތިގަސްމަގު، ހަނދުވަރީ ހިނގުން، ހަނދުވަރީ ހިނގުން ގޯޅި 1 ހިމެނޭ ސަރަހައްދުން 25 އޮކްޓޯބަރު ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 - 12:00 އަށް ކަރަންޓްގެ ޚިދުމަތް މެދުކެނޑިގެންދާނެ ކަމަށް ބެލެވޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

-
-

މީގެ އިތުރުން، މާލެ ސިޓީގެ ހެންވޭރުގެ އެކި ސަރަހައްދުތަކުން ހެނދުނު 06:00 އިން ފެށިގެން 06:30 އާއި ހަމައަށް ކަރަންޓް ކެނޑިދާނެ ކަމަށްވެސް ހާމަކޮށްފައިވެއެވެ.

ކަރަންޓްގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ސަރުކާރުން ހޯދައިނުދޭތީ ރައްޔިތުން އަންނަނީ އެކަމުގެ ޝަކުވާ އިންތިހާއަށް ކުރަމުންނެވެ. ޝަކުވާއެކޭ އެއްވަރަށް ކަރަންޓް ބިލުވެސް ދަނީ މައްޗަށެވެ.

ސްޓެލްކޯގެ ޚިދުމަތުގެ ފެންވަރު ދަށްވެ ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށް ބޮޑުވި ދަނޑިވަޅެއްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. ނަމަވެސް ބަދަލެއް ނާންނަނީ ދެމުންދާ ޚިދުމަތަށެވެ. އޭރުވެސް މިހާރުވެސް ރައްޔިތުން އުޅެން ޖެހެނީ ކަނު އަނދިރީގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved