March 12, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 25, 2025, 04:59 PM
މާލެ ސިޓީ

ކަނޑާއި ވައިގަދަ ވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

Advertisement

މެޓުން ހުދު ސަމާލު ނެރިފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށެވެ. އެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 7:30 އިން ފެށިގެން މެންދުރު 12:30 އަށެވެ.

އެ ސަމާލުގައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މެޓުން މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު އެކިހިސާބަށް ކެރީގެ އަސަރު ކުރުމާއެކު ގުގުރާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓުން ވިދާޅުވެފައިވެއެވެ.

މޫސުމަށް ނުބަލާ ދަތުރުފަތުރު ކުރުމުގެ ސަބަބުން ކަނޑުމަތީގައި އާއި މަގުމަތީގައި ނުރައްކާތެރި ހާދިސާތައް އިތުރުވަމުން އަންނާތީ ސަމާލުވުމަށް ކަމާއި ބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved