އައްޑޫ ސިޓީ ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި, ސިޓީ ކައުންސިލްއިން ވަކި ނުވާާން ނިންމާ ފޭދޫގެ ރައްޔިތުން ސަރުކާރުުގެ ސިޔާސާ ދެކޮޅަށް ވޯޓުދީފިއެވެ.
ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށް ހޮނިހިރު ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާތަކަށް ބަލާއިރު، ފޭދޫއަށް ހާއްސަކޮށްގެން ބެހެއްޓި 8 ވޯޓު ފޮށީގެ ނަތީޖާ އިއުލާންކޮށްފައިވާއިރު، ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 1،782 މީހަކު ވޯޓު ދީފައިވެއެވެ.
ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ވޯޓު ދިނީ 615 މީހުންނެވެ. ފޭދޫގެ 55.43 ޕަސެންޓު މީހުން ވޯޓުލާފައިވާއިރު، ބާތިލު 24 ވޯޓު ހިމެނޭއިރު، ވޯތުގެ ނަތީޖާ ދައްކާ ގޮތުން، ފޭދޫގެ ވޯޓު ލެވޭ އާބާދީގެ ތެެރެއިން މިއަދު ވޯޓުދިން މީހުންގެ 71 އިން ސައްތަ މީހުން ވަނީ ސަރުކާރުން ބޭނުންވެގެން، ހޯމް މިނިސްތަރު އިހުސާންއާ އެމަނިކުފާނުގެ ބައްޕާފުޅު އިބްރާހިމުދީދީ ކެމްޕެއިން ކުރި ގޮތާ ދެކޮޅަސް ވޯޓުދީ ދެ ބޭފުޅުންވެސް ލަދު ގަންނުވާލާފައެވެ.
އެހެންކަމުން ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ނެގި ފުރަތަމަ ވޯޓުގެ ނަތީޖާއިން ދައްކުވައިދިނީ ސިޔާސީ ތަޖުރިބާއެއް ނެތް، ފެއިލްވެފައި ތިބި ބަޔަކު ކުރިއަށް ނެރެގެން މުއިއްޒުއަށް ސަލާމަތެއް ނެތްކަމެވެ.
ފޭދޫ ރައްޔިތުން މި ފަދަ ގޮތަކަށް ސަރުކާރު ލަދު ގަންނުވާލާފައި މިވަނީ، މި ވޯޓުގައި ވަޒިފާތަކާ އިނާޔާތްތައް ސަރުކާރުން ލިބޭނީ އާއިލާ ބޮޑެތި އާބާދީ ބޮޑޫ އާއިލާތައް ގެންނަން މީހުންނަށް ކަމަށް ރައިސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށް އިބްރާހިމު ދީދީ ފޭދޫ ރައްޔިތުންނާ ވާހަކަދައްކަމުން ބުނެފައިވަނިކޮށެވެ.
މިހާތަނަށް ލިބިފައި ހުރި ނަތީޖާތަކަށް ބަލާއިރު ހުޅުދޫ އަދި މީދޫން ވެސް ބޭނުންވަނީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ އެ ރަށުގައި ވަކި ކައުންސިލެއް އުފައްދާށެވެ.