March 15, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ތޭރަ އޮންލައިން

މިނިވަނުން ކަމުގައި ދައުވާކުރިޔަސް، ތިބެނީ ޒާތީ ތަޢައްސުބުގެ ތެރޭގައި ތާށިވެފައި: ޑރ ޖަމީލް

Faina Faiz
ފައިނާ ފާއިޒް
Oct 26, 2025, 10:15 PM
މާލެ ސިޓީ

އެންމެންވެސް ތިބެނީ ޒާތީ ތަޢައްސުބުގެ ތެރޭގައި ތާށިވެފައި ކަމަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުނު ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ޑރ. ޖަމީލް ވިދާޅުވެފައި ވަނީ ޕީއެންއެފްގެ މެމްބަރުންގެ އިހްތިރާމު އެހެން ހުރިހާ ޕާޓީއެއްގެ އާންމު މެންބަރުންނަށްވެސް އެބްއޮތްކަމަށެވެ. އަދި އެއްވެސް ޒާތީކަމެއް ނެތްކަމަށެވެ.

މި ސަރުކާރުން ސިޔާސީ މީހުން ޖަލަށް ނުލާ ކަމަށް ސަރުކާރުގެ ބޮޓުން އިޝްތިހާރުކުރަމުން އަންނައިރު އެކަން ދޮގުކުރައްވާ، ނިމިދިޔަ ސަރުކާރުގައިވެސް ކަންކުރި ގޮތް ހަނދާނަށް ގެންނަވަމުން ޑރ ޖަމީލު ވިދާޅުވީ، ޒާތީކަމެއް ނެތްކަމުގައި ވީނަމަވެސް ރާއްޖޭގައި ވަކީލުންނާއި އެހެނިހެން މަގާމުތަކުގައި ތިބި ބޭފުޅުންނަށްވެސް ހައްގު ބަސް ނުބުނެވޭ ކަން އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

"ވަރަށް ގިނަ މީހުން ތިމަންނަމެންނަކީ މިނިވަނުންނޭ ތިމަންނަމެން ވަރަށް އިންޑިޕެންޑެންޓޭ، ތިމަންނަމެންނަކީ ވަރަށް ހަމަހަމަގޮތެއްގަ ކަންތައްތައް ކުރާމީހުންގެ ލޭބަލް ޖަހައިގެން ތިއްބަކަސް ކޮންމެ މީހަކުވެސް ހުންނަނީ ކޮންމެވެސް ޒާތީ ތަޢައްސުބުގެ ތެރޭގައި ތާށިވެފައި"

ޑރ. ޖަމީލް

އިތުރަށް ޑރ. ޖަމީލް ވިދާޅުވީ މައުޟޫއަށް އަދުލުވެރިކޮށް ވާހަކަދެއްކުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ. އަދީ ތާރީހު ލިޔާއިރު ތެދަށް ކަންއޮތް ގޮތަށް ލިޔުމުގެ މުހިއްމުކަމަށްވެސް ޑރ. ޖަމީލުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފައިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved