theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ސަރުކާރުގައި ލިކިއުޑިޓީ ނެތި މުޅިން ޑްރައި ވެއްޖެ: ރައީސް ޔާމީން / ރައީސް އޮފިސް
ސިޔާސީ
ސަރުކާރުގައި ލިކިއުޑިޓީ ނެތި މުޅިން ޑްރައި ވެއްޖެ: ރައީސް ޔާމީން
26 އޮކްޓޯބަރު 2025
މާލެ ސިޓީ

ދިވެހިރާއްޖޭގެ އިގްތިސޯދު އަރި އަޅާލާ މުޅި ގައުމު ހަފުސްގެ ތެރެއަށް ދަތުރުކުރަމުންދާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕްރައިވެޓު ސެކްޓަރުގެ ކުންފުނިތަކަށް ޕްރޮޖެކްޓުތައް ހަވާލުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މި ވަގުތު ޕްރައިވެޓު ސެކްޓަރ އޮތީ ސަރުކާރުން ދޭން ޖެހޭ ފައިސާ ނުލިބި ހަކަތަ ހުސްވެފައި ކަމަށާ އެހެންކަމުން އެ ސެކްޓަރގައި އިތުރަށް ޕްރޮޖެކުޓު ހިންގާނެ ވަރު ނެތް ކަމަށެވެ.

ޕްރައިވެޓު ސެކްޓަރއަށް ފައިސާ ދޭން 20 ބިލިއަން ސަރުކާރުން ހޯދަން ޖެހޭކަން ފާހަގަކުރަމުން ޔާަމީން ވިދާޅުވީ ސަރުކާރުގައި ލިކިއުޑިޓީ ނެތި މުޅިން ޑްރައި ވެއްޖެކަމަށެވެ.



ރައީސް ޔާމީން ވިދާޅުވީ ގައުމުގެ އިގްތިސޯދީ އަދި މާލީ ނިޒާމު އެއްކޮށް ފެއިލްވެފައިވާ ކަމަށާއި، އެހެންވެ ގައުމުގައި އެއްވެސް ކަމެއް ކުރިއަށް ނުދާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ވަޑައިގެން ކޮށްދެއްވާނެކަމަށް ވައުދުވަމުން ގެންދަވާ ކަންކަން ހަގީގަތަކަށް ހަދަން ބޭނުންވާ އިގްތިސޯދީ ހަކަތަ ގައުމުގައި ނެތް ކަމަށާއި، ދެން އޮންނާނެ ގޮތަކީ އަނެއްކާވެސް ފައިސާ ޗާޕުކުރުން ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.



ރައީސް ޔާމީން މިހެން ވިދާޅުވެފައި މިވަނީ އެމްއެމްއޭ އިން ސަރުކާރުން ނެރޭ ޓްރެޜަރީ ބޮންޑް ގަތުމަށް މަގުފަހިކުރުމަށްޓަކައި، ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންޖެކްޓްކުރަން ނިންމާފައިވާ މުއާމަލާތަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒިވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved