April 4, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ތިލައުތުރު އެވޯޑްސް ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ޔާމީން ހއ. އަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Oct 27, 2025, 12:59 AM
މާލެ ސިޓީ

ހއ. އަތޮޅުގެ ''ތިލައުތުރު އެވޯޑް 2025'' ޝަރަފްވެރިކޮށް ދެއްވުމަށް ރައީސް އަބްދުﷲ ޔާމީން މާދަމާ ހއ ދިއްދޫއަށް ވަޑައިގަންނަވާނެ ކަން ހާމަކޮށްފިއެވެ.

Advertisement

ރައީސް ޔާމީންގެ އޮފީހުން ހާމަކުރި ގޮތުގައި އެކި ދާއިރާތަކުން ފާހަގަކުރެވޭ ފަދަ އަގުހުރި ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އަދި މިނޫނަސް ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭ ފަދަ އަގުހުރި ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ހއ. އަތޮޅުގެ ސްކޫލް، މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަކާއި، އަދި ހއ. އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި، ކުލަބް ޖަމްއިއްޔާއެއް ފާހަގަކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ތިލައުތުރު އެވޯޑްގެ ނަމުގައި ހއ.އަތޮޅު ކައުންސިލުން ދެމުންދާ ޚާއްސަ އެވޯދް ޝަރަފްވެރިކޮށް ދެއްވުމަށް ރައީސް ޔާމީނަށް ހއ އަތޮޅު ކައުންސިލުން އެރުވި ދައުވަތު ގަބޫލުފުޅު ކުރައްވާ އެމަނިކުފާނު މާދަމާ މެންދުރުގެ ވަގުތެއްގައި އެ ރަށަށް ވަޑައިގަންނަވާނެއެވެ.

މި ދަތުރުގައި އެމަނިކުފާނުގެ އަރިހުގައި އެމަނިކުފާނު އިސްވެ ހުންނަވާ އުފެއްދެވި ޕީއެންއެފްގެ ބައެއް ފައުންޑަރ މެމްބަރުންވެސް ވަޑައިގަންނަވާނެއެވެ.

ދެ އަހަރުން އެއް އަހަރު ބާއްވާ ތިލައުތުރު އެވޯޑު ރަސްމިއްޔާތު އޮންނާނީ ހޯމަ ދުވަހުގެރެއެވެ. މި ރަސްމިއްޔާތު ޗެނަލް 13 އިން ލައިވްކޮށް ދައްކާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުހައްމަދު މުއިއްޒަށް ދައުވަތު އެރުވުމުން އެމަނިކުފާނު ވަނީ ދަތުރު ވަޑައިގެންނެވުމަށް އުޒުރުވެރިވެފައެވެ. ބަހަނާއެއްގެ ގޮތުގައި ދެއްކެވީ ވަގުތުގެ ދަތިތަކަން ނަމަވެސް އެ ރަށުގެ ގިނަ ރައްޔިތުން ބުނާ ގޮތުގައި ރައީސް މުއިއްޒު ދިއްދޫއަށް ވަޑައިގަންނަވަން އުޒުރުވެރިވެވަޑައިގެންނެވީ އެރަށު ރައްޔިތުންނަށް ވެފައިވާ، އެއާޕޯޓުގެ ވައުދުގެ އެއްވެސް މިންވަރެއް ނުފުއްދިވާތީއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved