March 17, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ޕީޕީއެމް

ރައީސް ޔާމިން ކޯޓަށް ވަޑައިގަތުމަށް ޗިޓު ފޮނުވީ މިއަދު ދިއްދޫއަށް ފުރާވަޑައިގަންނަވާނެކަމަށް އިއުލާނު ކުރައްވާފައިވަނިކޮށް!

Yana Shareef
ޔާނާ ޝަރީފް
Oct 27, 2025, 09:17 PM

ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ފްރޭމްކޮށް އެެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާ ގުޅޭ އަޑުއެހުމެއް ކްރިމިނަލް ކޯޓުން މިއަދު ތާވަލްކުރީ އެމަނިކުފާނު ހއ.ދިއްދޫއަށް ވަޑައިގަންނަވާކަން އިއުލާނުކުރައްވާފައިވަނިކޮށްކަން ހާމަވެއްޖެއެވެ.

Advertisement

ތޭރައޮންލައިންއަށް މައުލޫމާތު ލިބުނުގޮތުގައި ރައީސް ޔާމީންގެ ޝަރީއަތް ފުރަތަމަ ތާވަލުކުރީ 26 ވަނަ ދުވަހަށެވެ. ނަމަވެސް ފަހުން ޝަރީއަތް ކެންސަލްކޮށް މިއަދު އެމަނިކުފާނުގެ ފްލައިޓް ގަޑިއާ ދީމާކޮށް ކޯޓުން ވަނީ އަޑުއެހުން ތާވަލުކޮށްފައެވެ.

ކްރިމިނަލް ކޯޓުން މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުނީ ރައީސް ޔާމީންގެ މައްޗަށްކުރާ ރިޝްވަތު ގަބޫލުކުރުމާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކުރެވުނުކަމަށެވެ. އެހެންނަމަވެސް މި އަޑުއެހުމަށް ރައީސް ޔާމީން ހާޒިރުވެފައިނުވާތީ އަޑުއެހުން ކެންސަލް ކުރެވިފައިވާކަމަށެވެ. އެ ކޯޓުން ބުނީ ދައުވާ ލިބޭ ފަރާތުން މަގުބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުނުވުމަކީ އަދި މައްސަލަ ތާވަލު ކުރެވިފައި ވަނިކޮށް ކޯޓުގެ ހުއްދަނެތި ކޯޓު ހުރި ރަށުން ފުރައިގެން ދިއުމަކީ، އެ ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އެޅިދާނެ އަމަލެއްކަމަށެވެ.

ކްރިމިނަލް ކޯޓުން މިފަދައިން ބުނި ނަމަވެސް ރައީސް ޔާމީނަކީ އެމަނިކުފާނުގެ ހުރިހާ ޝަރީއަތަކަށް ވެސް ހާޒިރުވެވަޑައިގެން ކޯޓުތަކަށް އެއްބާރުލުން ދެއްވާ ފަރާތެކެވެ.

މައުލޫމާތު ލިބުނުގޮތުގައި އެމަނިކުފާނު ތިލައުތުރު އެވޯޑްސް ދޭ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަން ފުރާވަޑައިގަންނަވާތީ ސީދާ ރައީސް އޮފީހުން ވަނީ ޝަރުއީ ނިޒާމަށް އަތްބާނާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved