ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުގައި 26 ވަނަ ދުވަހަށް ތާވަލުކުރި ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ފުއްގިރި މައްސަލަ ކެންސަލްކޮށް މިއަދަށް ތާވަލުކުރުމުގައި ސަރުކާރުގެ ނުފޫޒު އެބައޮތްކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ވަކީލު ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްްޖެއެވެ.
ޑރ.ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ތޭރަ އޮންލައިންއަށް ދެއްވި ހާއްސަ އިންޓަވިޔުއެއްގައެެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި އެންމެ ފުރަތަމަ ތާވަލުކޮށްފައި ވަނީ 26 ވަނަ ދުވަހަށްކަމަށެވެ. ނަމަވެސް އެދުވަހު ކެންސަލްކޮށް މިއަދަށް އެ މައްސަލަ ތާވަލުކުރީ ރައީސް ޔާމީންގެ ފްލައިޓްގެ ގަޑިއާ ދިމާކޮށްކަމަށެވެ.
މިކަން މިގޮތަށް ކުރުމުގައި ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް އެބައޮތްކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. ރައީސް ޔާމީނަކީ އަބަދުވެސް ކޯޓުތަކަށް އެއްބާރުލް ދެއްވާ ފަރާތެއްކަމަށް ފާހަގަކުރައްވާ ޑރ.ޖަމީލް ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް ޝަރީއަތަކަށް ހާޒިރުވެވަޑައި ނުގަތުމަށް ބަހަނާ ދެއްކެވި ފަރާތެއް ނޫންކަމަށެވެ.
"26 އަށް ތާވަލުކުރި މައްސަލަ ކެންސަލްކޮށް މިއަދަށް ތޥާަލުކުރުމުގައި ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް އެބައޮތް" ޑރ.ޖަމީލް ވިދާޅުވިއެވެ.
ރައީސް ޔާމީން މިއަދު ހއ.ދިއްދޫއަށް ވަޑައިގެންނެވީ ތިލައުތުރު އެވޯޑްސް ޝަރަފުވެރިކޮށްދެއްވުމަށެެވެ.