March 17, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ރައީސް ޔާމިނަށް ހއ.ދިއްދޫއިން ހޫނު މަރުހަބާއެއް!

Yana Shareef
ޔާނާ ޝަރީފް
Oct 27, 2025, 11:08 PM

ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް ހއ.ދިއްދޫއިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

Advertisement

އެމަނިކުފާނު ދިއްދޫއަށް ވަޑައިގެންފައިވަނީ ރައީސް ޔާމީންގެ އޮފީހުން ހާމަކުރި ގޮތުގައި އެކި ދާއިރާތަކުން ފާހަގަކުރެވޭ ފަދަ އަގުހުރި ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އަދި މިނޫނަސް ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭ ފަދަ އަގުހުރި ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ހއ. އަތޮޅުގެ ސްކޫލް، މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަކާއި، އަދި ހއ. އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި، ކުލަބް ޖަމްއިއްޔާއެއް ފާހަގަކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ތިލައުތުރު އެވޯޑްގެ ނަމުގައި ހއ.އަތޮޅު ކައުންސިލުން ދެމުންދާ ޚާއްސަ އެވޯދް ޝަރަފްވެރިކޮށް ދެއްވުމަށް ރައީސް ޔާމީނަށް ހއ އަތޮޅު ކައުންސިލުން އެރުވި ދައުވަތު ގަބޫލުފުޅުކުރެއްވުމަށްފަހުއެވެ.

މި ދަތުރުގައި އެމަނިކުފާނުގެ އަރިހުގައި އެމަނިކުފާނު އިސްވެ ހުންނަވާ އުފެއްދެވި ޕީއެންއެފްގެ ބައެއް ފައުންޑަރ މެމްބަރުންވެސް ބައިވެެރިވެވަޑައިގެންފައިވެއެވެ.

ދެ އަހަރުން އެއް އަހަރު ބާއްވާ ތިލައުތުރު އެވޯޑު ރަސްމިއްޔާތު އޮންނާނީ ހޯމަ ދުވަހުގެރެއެވެ. މި ރަސްމިއްޔާތު ޗެނަލް 13 އިން ލައިވްކޮށް ދައްކާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved