theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ޕީއެސްއެމް
ސިޔާސީ
ދިއްދޫއަށް ހުރި ފެރީތައް ސަރުކާރުން ކެންސަލްކޮށްފި
Yana Shareef
ޔާނާ ޝަރީފް
27 އޮކްޓޯބަރު 2025

ތިލަ އުތުރު އެވޯޑް ހަފްލާ ޝަރަފްވެރިކޮށްދެއްވުމަށް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ހއ.ދިއްދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ތިން އަތޮޅަކުން މީހުން ފެރީގައި ދިއްދޫއަށް ދިޔުމަށް ރާވާފައިވަނިކޮށް ސަރުކާރުން ފެރީ ދަތުރު ކެންސަލްކޮށްފިއެވެ.

ތޭރައޮންލައިނަށް މައުލޫމާތު ލިބުނުގޮތުގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އަދި ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް ވަނީ އެއްވެސް މީހަކު ރައީސް ޔާމީނަށް މަރުހަބާ ކިޔުމަށް ނިކުތުން މަނާކޮށްފައެވެ.

"އަހަރެމެން ހަގީގަތުގައި ވަރަށް ބޭނުން ރައީސް ޔާމިނަށް މަރުހަބާ ކިޔުމަށް ނިކުންނަށް, އެކަމަކު ވަޒީފާގެ ބިރު ދެއްކީމަ ނުނިކުމެވޭނެ އެއްނު. ލިބޭ މުސާރާއިން ކައިގެން ބޮއެގެން އުޅެވެނީ. ޝުޖާ ގުޅާފަ ބުނީ ކަލޭމެން އެކަކުވެސް ނިކުމެގެން ނުވާނެޔޭ" ނަން ހާމަނުކުރުމަށްބުނެ ތޭރަ އޮންލައިނަށް މީހަކު ބުންޏެވެ.

ސަރުކާރު ވަޒީފާތަކުގައި ތިބޭ އެއްވެސް މީހަކު ރައީސް ޔާމިނަށް މަރުހަބާ ކިޔުމަށް ނިކުމެއްޖެނަމަ އެ މީހަކު ވަގުތުން ވަޒީފާއިން ވަކިކުރެވޭނެކަމަށް ބުނެ އެ މީހުން ވަނީ އިންޒާރު ދީފައެވެ.

ރައީސް ޔާމީން ދިއްދޫއަށް މިއަދު ވަޑައިގެންނެވި އިރު އެމަނިކުފާނަށް ދިއްދޫއިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved