March 17, 2026
Advertisement
 ރައީސް ޔާމިނަށް ހއ.ދިއްދޫއިން ހޫނު މަރުހަބާއެއް
ރައީސް ޔާމިނަށް ހއ.ދިއްދޫއިން ހޫނު މަރުހަބާއެއް / ތޭރަ އޮންލައިން

ކުޑަ އެކްސްކެވޭޓަރަކުން ބަނދަރު ފުން ކުރަން އުޅޭތީ ރައީސް ޔާމީންގެ ފާޑުކިޔުން ސަރުކާރަށް!

Yana Shareef
ޔާނާ ޝަރީފް
Oct 28, 2025, 05:12 AM

އެމްޓީސީސީން ޅ. ކުރެންދޫ ބަނދަރުގެ މަސައްކަތް ކުރަނީ ކުޑަ ކެޕޭސިޓީއެއްގެ އެސްކެވޭޓަރެއް ބޭނުންކޮށްގެން ކަމަށް ވިދާޅުވެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ތިލަ އުތުރު 2025 އެވޯޑު ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފަދަ ކަންތައްތަކަށް އެންމެ ކުޑަވެގެން 3.5 ނުވަތަ 4 މީޓަރު ފުންމިނަށް ކޮނެވޭވަރުގެ އެސްކެވޭޓަރު ބޭނުންވާނެ ކަމަށެވެ.

"ކުރެންދޫ ބަނދަރަށްވީ ކިހިނެއްތޯ؟ އެމްޓީސީސީން މި ކަން މި ކުރަނީ 5 ޓަނުގެ އެސްކެވޭޓަރެއް ހިފައިގެން. ފަސް ޓަނުގެ އެސްކެވޭޓަރެއްގެ ކެޕޭސިޓީއަކީ 1 މީޓަރުގެ ފުންމިން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ފާޅުގައި ފާޑުކިޔަން ނުކެރޭ ނަމަ، ސިޔާސީ މީހުން އެ ވާހަކަ ދައްކާނެ ކަމަށެވެ.

ރައީސް ޔާމީން އެ މަނިކުފާނު އެވޯޑު ހަފްލާ ޝަރަފުވެރިކޮށްދެއްވަން ވަޑައިގަތީ ރައީސް މުހައްމަދު މުއިއްޒަށް އެ ހަފްލާއަށް ވަގުތު ނުދެއްވުމުން ލިބިވަޑައިގެންނެވި ދައުވަތެއްގައި ކަމަށެވެ. އެ ހަފްލާއަށް ވަޑައިނުގެން ޅ. އަތޮޅަށް ވަޑައިގެން އެ ތަނުގައި ރައްޔިތުންނަށް އޮޅުވާލައިގެން ކަންކަން ކުރައްވަމުން ގެންދަވާތީ ރަްއީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved