March 27, 2026
Advertisement
 ރައީސް ޔާމިނަށް ހއ.ދިއްދޫއިން ހޫނު މަރުހަބާއެއް
ރައީސް ޔާމިނަށް ހއ.ދިއްދޫއިން ހޫނު މަރުހަބާއެއް / ތޭރަ އޮންލައިން

ރައީސް ޔާމީންގެ ޝުކުރު ދިއްދޫ ރައްޔިތުންނަށް

Ali Haaji
އަލީ ހާޖީ
Oct 29, 2025, 03:48 AM
ހ.އ ދިއްދޫ

ހއ .ދިއްދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންގެ ފަރާތުން ދެއްވި މެހެމާންދާރީއަށް ރައީސް އަބްދުﷲ ޔާމީން ޝުކުރު އަދާކުރައްވައިފިއެވެ.

Advertisement

އެމަނިކުފާނުގެ ސޯޝަލް މީޑިޔާގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ, "ތިލައުތުރު އެވޯޑް 2025" ހަފުލާ ޝަރަފުވެރި ކޮށްދިނުމަށް ހއ. ދިއްދޫއަށް ވަޑައިގަތުމުން، ރަށުގެ ލޮބުވެތި ރައްޔިތުން ވިދާޅުވި ހޫނު މަރުޙަބާއާއި ބޭއްވެވި ގާތްކަމާއި ދެއްވި މެހެމާންދާރީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ހަމައެހެންމެ އެހާ ފުރިހަމަ ކަމާއެކު އެވޯޑު ޖަލްސާގެ އިންތިޒާމުތައް ކުރިއަށް ގެންދެވި ކަމަށްޓަކައި އަތޮޅު ކައުންސިލަށާއި އަތޮޅުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ވެސް އެމަނިކުފާނުވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ޔާމީން ކުރެއްވި ދަތުރުފުޅު ނިންމަވާ އެމަނިފާނު ވަނީ އަންގާރަ ދުވަހުގެ ހަވީރު މާލެ ވަޑައިގެންފައެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved