April 30, 2026
Advertisement
.
. / ތޭރަ އޮންލައިން

މުއިއްޒު ސަރުކާރުން ހިޔާ ފްލެޓްތަކުގެ ކުލި ލަސްވާތީ އިންޒާރު ދެނީ

Yana Shareef
ޔާނާ ޝަރީފް
Oct 29, 2025, 06:28 PM

ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ހުޅުމާލެ ދެވަނަ ފިޔަވަހިއަށް ޒިޔާރަތްކުރެއްވިއިރު އެމަނިކުފާނަށް އޮތް ތަރުހީބާއި ލޯބި ފެނިގެން ހަޖަމު ނުވެގެން ހިޔާ ފްލެޓްތަކުގެ ކުލި ލަސްވާނަމަ އިންޒާރު ދޭން ފަށައިފިއެވެ.

Advertisement

ތޭރައޮންލައިނަށް މައުލޫމާތު ލިބުނުގޮތުގައި, އެއްބައި ފްލެޓްްތަކަށް ހަތް ދުވަސް ތެރޭ ކުލި ދައްކާ ހަލާސް ކުރަން ވެސް އަންގާފައިވެއެވެ.

މިކަން ހާއްސަގޮތެއްގައި ކުރަނީ ހިޔާ ފްލެޓްތަކަށް ޓާގެޓްކޮށްގެންކަމަށާއި މިކަން ބޮޑަށް ހިންގަން ފެށީ ރައީސް ޔާމީން ހިޔާ ސަރަހައްދަށް ޒިޔާރަތްކުރެއްވުމުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް އެ ސަރަހައްދުން ގިނަބަޔަކު ނިކުތުމުންކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އެގޮތުން އިންޒާރުގެ ފުރަތަމަ ސިޓީ ފޮނުވާފައިވަނީ އެމަނިކުފާނަށް ހިޔާ ސަރަހައްްދަށް ޒިޔާރަތްކުރެއްވާ ޖަލްސާ ބޭއްވެވި ހަފްތާގައެވެ.

މީގެއިތުރުން އެޗްޑީސީން މިކަން ކުރަނީ ސީދާ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އެންގެވުމުގެ ދަށުންކަމަށް ވެސް ތޭރައޮންލައިނަށް ވަނީ އެޗްޑީސީގެ މުވައްޒަފެއް ކަށަވަރުކޮށްދީފައެވެ.

މިގޮތަށް އިންޒާރުގެ ސިޓީތައް ހިޔާ ފްލެޓްކަށް ފޮނުވަން ފަށާފައިވާއިރު ބަރާބަރަށް ކުލި ނުދައްކަނީ ހިޔާ ފްލެޓްތަކުގައި އުޅޭ ފަރާތްތައް އެކަނިން ނޫންކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved