March 16, 2026
Advertisement
ޕީއެންއެފް އިފްތިތާހް ކުރުމަށް ބޭއްވުނު ޖަލްސާ
ޕީއެންއެފް އިފްތިތާހް ކުރުމަށް ބޭއްވުނު ޖަލްސާ / ތޭރަ އޮންލައިން

ޕީއެންއެފްގެ ގައުމީ ޖަލްސާ މާދަމާ ރޭ!

Mariyam Isaadha
މަރިޔަމް އިސާދާ
Oct 29, 2025, 07:39 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ގައުމީ ޖަލްސާ މާދަމާ ރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.

Advertisement

ޖަލްސާ އޮންނާނީ އާޓިފިޝަލް ބީޗުގައި މާދަމާ ރޭ 08:30 ގައި ކަމަށާ އަދި ޕާޓީގެ އެންމެހާ ލޮބުވެތި މެމްބަރުންނަށް މި ތާރީޚީ ފުރަތަމަ ގައުމީ ޖަލްސާއަށް ދައުވަތު އަރުވާ ކަމަށްވެސް ޕާޓީއިން ވަނީ ހާމަކޮށްފައެވެ.

މި ޖަލްސާގައި ޕާޓީގެ ދާއިމީ މަގާމުތަކަށް ބޭފުޅުން އިންތިޚާބު ކުރުންވެސް އޮންނާނެ އެވެ. ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވަނީ 15 މަގާމަކަށެވެ. އެގޮތުން ވޯޓު ނެގުން އޮންނާނެ ޕާޓީގެ ރަޖިސްޓްރާގެ މަގާމަށާ 14 ސެނެޓު މެމްބަރުން ހޮވުމަށެވެ.

ޕީއެންއެފްގެ 20 މަގާމަކަށް ކުރިމަތިލާން ހުޅުވާލީ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުއެވެ. މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި 23 އޮކްޓޯބަރު 2025 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އަށް ހަމަވިއިރު، ޕާޓީގެ ރައީސްކަމުގެ މަގާމަށާ ނައިބުންގެ މަގާމުގެ އިތުރުން ޕާޓީގެ ޚަޒާންދާރުގެ މަގާމަށް އަދަދު ވުރެ އިތުރަށް ކުރިމަތިނުލައެވެ. 14 ސެނެޓަރުންގެ މަގާމަށާ އަދި ޕާޓީގެ ރަޖިސްޓްރާގެ މަގާމަށް ޖުމްލަ 51 ބޭފުޅުން ކުރިމަތިލާފައިވެއެވެ.

ސިޔާސީ ޕާޓީތަކުގެ ގަވާއިދު ބުނާ ގޮތުން ކޮންމެ 5 (ފަހެއް) އަހަރަކުން 1 (އެކެއް) ފަހަރު ޕާޓީގެ ޤައުމީ ބައްދަލުވުމެއް ބާއްވަން ވާނެއެވެ. އެ ބައްދަލުވުން އެގޮތަށް ނުބާއްވާނަމަ ޕާޓީ އުވާލުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ލިބިގެންވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved