April 9, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މުއިއްޒުކުރަނީ ވެރިކަމެއް ނޫން، މުޅި ދައުލަތް ބޮއްސުންލައިފި: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Oct 29, 2025, 10:59 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ކުރަމުންދަނީ ވެރިކަމެއް ނޫން ކަމަށާ މުޅި ގައުމު ބޮއްސުން ލައިފި ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފްގެ) ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

ގައުމުގެ ކަންކަން ހިނގަމުންދާ މަގަށް ނަޒަރު ހިންގަވާލައްވާ މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލެ ބިމުން މި ސަރުކާރު އަޑީގައި އޮވެ ކުރި ވައްކަން ކަމަށާ ރަސްމާލެ ހިއްކުމުގެ ނަމުގައި ރާޖޫ ކިޔާ މީހަކަށް ފައިސާތަކެއް ދީ ހިންގީ ވެސް ކޮރަޕްޝަންގެ ބޮޑު ޖަރީމާއެއް ކަމަށެވެ.

މީގެ އިތުރުން މާލޭ އެއަރޕޯޓް ސެކިއުރިޓީ ބްރީޗްވެފައިވާ ކަމަށާ މާލޭ ސީޕޯޓުން 13މިލިއަން ސިނގަރެޓް ސްމަގުލްކުރުން ފަދަ ބޮޑެތި ކަންކަން ހިނގަމުންދާއިރު ފެންނަމުން ދަނީ މުޅި ދައުލަތް ބޮއްސުންލާފައި އޮތް މަންޒަރު ކަމަށާ ރައީސް މުއިއްޒުކުރަނީ ވެރިކަމެއް ނޫންކަމަށްވެސް މަލީހު ވިދާޅުވެފައިވެއެވެ.

މުޅި ސަރުކާރުތެރޭ ފަތު އަޑުކިޔާފަ ހިންގަނީ ވައްކަން ކަމަށާ ރައީސް އިސްތިއުފާދީ ވެރިކަމުން ފައިބައިން ވެއްޖެ ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved