April 9, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ސަރުކާރުން ކަނޑައަޅާ ޓާގެޓްތައް ޙާސިލްނުވާނެކަމަށް ސަރުކާރުންވެސް ގަބޫލުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 30, 2025, 08:28 PM
މާލެ ސިޓީ

އެކި މަޝްރޫއުތަކުންނާއި އެކި ދާއިރާތަކުން ދައުލަތުގެ ބަޖެޓަށް އިތުރުވާނެކަމަށް ސަރުކާރުން ލަފާކުރާ މިންވަރަށް މަސައްކަތްނުކުރެވި ސަރުކާރުން ޖަހާ ހިސާބުތަކާއި ދިމާނުވާކަން އަދުގެ ސަރުކާރުންވެސް ގަބޫލުކޮށްފިއެވެ.

Advertisement

މިގޮތުން، ސަރުކާރުން މި އަހަރަށް ކަނޑައެޅި 2.3 މިލިއަން ޓޫރިސްޓުންގެ ޓާގެޓު ހާސިލްނުވާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ފެށިގެން އޮކްޓޯބަރު 26، އާއި ހަމައަށް ރާއްޖެ އައީ 1,804,515 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރަށްވުރެ 9.9 ޕަސެންޓުގެ އިތުރުވުމެއް ނަމަވެސް ސަރުކާރުން އަންދާޒާކުރި ވަރަށް ޓޫރިސްޓުން އަންނަ އަދަދު އިތުރުވަމަކުން ނުދެ އެވެ.

މި އަހަރުގެ މިހާތަނަށް ދެ ލައްކަ އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ފުރަތަމަ ތިން މަހު އެކަންޏެވެ. އޭގެ ފަހުން މަހެއްގެ މައްޗަށް އެންމެ ގިނައިން ޓޫރިސްޓުން އައި އޭޕްރީލް މަހު ރާއްޖެ އައީ 198،322 ޓޫރިސްޓުންނެވެ. މި މަހުގެ 27، އާއި ހަމައަށް ރާއްޖެ އައީ 168,026 ޓޫރިސްޓުންނެވެ.

މި އަހަރަށް ކަނޑައެޅި 2.3 މިލިއަނުގެ ޓާގެޓަށްވުރެ އިތުރަށް ޓޫރިސްޓުން އަންނާނެ ކަމަށް އެޕްރީލް މަހުގެ ކުރީކޮޅު ޓޫރިޒަމް އެންޑް އެންވަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެފައިވެއެވެ. އަދި ބައިނަލްއަގްވާމީ އެކި ފޯރަމްތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ސަރުކާރުން ބައިވެރިވުމަށް އެކި ގައުމުތަކަށް ދަތުރުކޮށްފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގައި ފައްޓަވާފައިވާ ބަންކަރިންގެ ޚިދުމަތުންވެސް ސަރުކާރުން އަންދާޒާކުރި ވަރާއި ކައިރިއަށްވެސް އާމްދަނީ ލިބިފައިނުވާ ކަން ސަރުކާރުން ހާމަކޮށްފައިވެއެވެ.

އެހެންކަމުން، މޮޅެތި ހިސާބުތައް ޖައްސަވައިގެން ކަމަށް ބުނެ ވެރިކަމަށް އައިސް ސަރުކާރުން ޖަހާ އެއްވެސް ހިސާބެއް މިދަނީ ދިމާނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved