އިންސާނީ ތޮބީއަތަކީ އެއް ދުވަހަކުން ނުވަތަ އޯވަރ ނައިޓަކުން ބަދަލުކުރެވޭނެ ކަންކަމެއް ނޫނެވެ. އެކަން ކަން ބަދަލުކުރަން ވަގުތާ ސާތެއްވެސް އޮވެ ނުހަނު ބުރަ މަސައްކަތްވެސް ކުރަން ޖެހެއެވެ. އަދި އެފަދަ ކަންކަން މަނާ ކުރި ނަމަވެސް އެކަންކަން ސިއްރުންވެސް އެބަޔަކު ކުރާނެއެވެ އެއީ ދުނިޔެ ދެކެފައިވާ ހަގީގަތެވެ. އެއްޗަކަށް ނުވަތަ ކަމަކަށް ބަޔަކު ދެވި ހިފައިފި ނަމަ އެކަންކަން ބަދަލުކުރުމަކީ ފަސޭހަ ޕްރޮސީޖަރ" އެއްވެސް ނުމެ ނޫންމެއެވެ.
މިފަދަ ކަމެއް ދިވެހިރާއްޖެ ވެސް ދަނީ ދެކެމުންނެވެ. އެގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ޒުވާނުން ހަމަމަގަށް އަޅުވާ ފުރިހަމަ ސިއްހަތެއް ގާއިމުކޮށްދިނުމަށް ކަމަށް ބުނެ ދުންފަތް އެތެރެ ކުރުން މަނާ ކުރާ ގާނޫނަކާ އެކު ވޭޕު ވެސް މަނާކުރިއެވެ. އެއާއެކު ޒުވާނުންގެ ނުރުހުން ނުހަނު އިތުރުވިއެވެ. ދެން ވޯޓު ނުދޭނެ ކަމަށްވެސް ބުންޏެވެ. އަދި ދެން އެކުދިން ފެށީ ކޫޑައިރު މަންމަމެން ތަންތަނަށް ދާން މަނާކުރުމުން ފިލަ ފިލައިގެން ދާ އުސޫލުން ސިއްރު ސިއްރުން އެ ތަކެތި އެތެރެ ކޮށް ގާނޫނާ ޚިލާފަށް ބޭނުންކުރުމެވެ. އެއީ އަށަގެންފައި ހުރި އާދައާ އެކު އެ ތަކެއްޗަށް އެކުދިން ދެވި ހިފާފައިވާ މިންވަރުން އެ އާދަތައް ދޫކުރަން އުނދަގޫ ދަތިކަމަށް އެކުދިންނަށް ވުމުންނެވެ.
މިއާއެކު ރާއްޖެއަށް ގާނޫނާ ޚިލާފަށް އެތެރ ކުރާ ދުންފަތުގެ ބާވަތްތަކާ ވޭޕު ސާމާނު އިތުރުވެ ހިަފަހއްޓާ ވައްގަށް ކޮންޓެއިންނަރތައް ވެސް ނަގާ ހިސާބަށް ކަންކަން ގޮސް ގާނޫނީ ހުކޫމަތު ނެތް ތަނެކޭ އެއްފަދަ ވާން ފަށައިފިއެވެ. މިއީ އަޅުގަޑު ކުރިން ދެންނެވި ފަދައިން ބާރެއް އަތުގައި އޮތުމުން ހިތު ހުރި ގޮތަކަށް ގާނޫނުތައް ފަރުމާކޮށް ވުޖޫދުކުރަމުން ދިއުމުގެ ހިތި ނަތީޖާއެވެ. އެއާއެކު ކުށަށް އަރައިގަންނަ ޒުވާނުން ގިނަ ވަނީއެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހެން ކަންކަން ކުރަމުން ދަނީ ކޮޅު ކެއްސެއް ހޯދުމުގެ ބޭނުމުގައި ކަމަށް ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
އެގޮތުން ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގާނޫނުތައް ހަދާއިރު އެކަންކަމުން ނިކުންނާނެ ނަތީޖާވެސް ވިސްނާލަން ޖެހޭނެ ކަމަށެވެ. އެގޮތުން ދާދި ފަހުން ދުންފަތުގެ ބާވަތްތައް އެތެރެ ކުރުން މަނާ ކުރާ ގާނޫނަކާ ވޭޕް ބޭނުންކުރުމާ އެތެރެ ކުރުންވެސް މަނާ ކުރާ ގާނޫނެއް ސަރުކާރުން ފާސްކުރުމުން ނުކުންނަމުންދާ ނަތީޖާގެ ނޭދެވޭ އަސަރު ފެންނަމުން ދާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ، ނުހިފެހެއްޓޭ ވަރުގެ ގާނޫނުތައް ހަދައިގެން ލިބޭނީ ކޮޅު ކެހި ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، އިންސާނާގެ ތަބީއަތުގައި އަށަގަނެފައިވާ އާދަކާދަތައް ނުވިސްނާ، ބާރު އޮތަތީ ކަންކަން ނިންމަމުންދާއިރު ފެންނަނީ އޭގެ ނުރަގަޅު ނަތިޖާ ކަމަށާ އެހެންކަމުން ރައީސް މުހައްމަދު މުއިއްޒު ދަސްކުރައްވަންވީ އިންސާނުންނާ ޖަނަވާރުންނާ ހުރި ތަފާތު ކަމަށެވެ. އެގޮތުން އިންސާނުންނަކީ ތަހުލީލުތައް ހަދަން ބޭނުންކުރާ ޖަނާރުންނާ އެއްފަދަ ބައެއް ނޫން ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ސިވިލް އިންޖިނިއަރިން ރައީސް މުއިއްޒު ކިޔަވާ ވިދާޅުވެގެން ހުންނެވުމުން އެ ޑައިމެންޝަން ނުލިބެނީ ކަމަށް ވުން ގާތް ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، އިންސާނުން ގޮވައިގެން އުޅޭއިރު އެ އިންސާނުންގެ ތޮބީއަތު ވަރަށް ރަގަޅަށް ދަސްކުރަން ޖެހޭނެ ކަމަށާ، އެމީހުން ރުޅި އަންނާން ކަމާ ހިތް ހަމަ ނުޖެހޭނެ ކަމާ އެމީހުންގެ ބަލި ފަޔާ ހަސަދައާ ނަފްރަތާ އިންސާނުންގެ ބާރު ދައްކާނެ ކަން ވެސް ގަބޫލުކުރެވެން ވާނެ ކަމަށެވެ. އެވަރު ނުކުރެވޭ ނަމަ އެއީ ގަވަނަންސްއަށް ކޮލިފައިވާން ޝަރުތު ހަމަ ނުވަނީ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އެހެންކަމުން އާރާ ބާރު މިއަދު ތިމަންނާ މެން އަތުގައި އޮތުމުންނޭ ކިޔާ ސޯޝަލް ބިހޭވިއަރ އަންޑާސްޓޭންޑް ނުވެ ކަންކަން މަނާ ކުރީމާ ވާ ގޮތް މިފެންނަނީއެވެ. ދެން ވެސް ވިސްނާ ފިކުރުކޮށް ބުއްދިވެރި ނިންމުން ނިންމަންވީއެވެ.