March 12, 2026
Advertisement
..
.. / މަޖިލިސް

މީިޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަން ގެ ރައީސް ކަނޑައަޅަން ކޮމިީޓީއަށް

Yana Shareef
ޔާނާ ޝަރީފް
Oct 22, 2025, 04:56 PM

މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

Advertisement

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ޤާނޫނުގެ ދަށުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައީސަކު އައްޔަނު ކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުން އެކަމަށް ހުޅުވާލައިގެން ނެގި ވޯޓަކުން ހޮވުނު ތިން މެންބަރުންގެ އިތުރުން ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން އިންތިހާބު ކުރާ ހަތަރު މެންބަރުންނެވެ.

އެގޮތުން މަޖިލީހުން އެ ކޮމިޝަނަށް އައްޔަނުކޮށްފައިވަނީ މުޙައްމަދު ފަރުސަތާއި ޞަފާ ޝަފީގާއި އާމިނަތު ސަރާޙަތު ޢިއްޒަތެވެ.

އެކޮމިޝަނަށް ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި އިންތިހާބުވެފައިވަނީ ޢަބްދުލްޢަޒީޒް އިބްރާހީމާއި ޒަމްޢަތު އަޙްމަދު ވަޙީދެވެ. އަދި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުންގެ ގޮތުގައި އިންތިހާބުވެފައިވަނީ ސިމާޙާ ނަސީމާއި ޙުސައިން ޘަޤީފެވެ.

މީޑިއާ ކޮމިޝަނުގެ ރައީސަކީ މަޖިލީހުން ކަނޑައަޅާ ފަރާތެއް ނަމަވެސް، ކޮމިޝަނުގެ ނައިބު ރައީސް ކަނޑައަޅާނީ ކޮމިޝަނުގެ މެންބަރުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved