theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ސިޔާސީ
މުއިއްޒުގެ ވެރިކަމަށް ދެ އަހަރު, ވަޒީފާގެ ފުރުސަތުތަކެއް ފަހިކޮށްެދޭ މަންޒަރެއް ނުފެނޭ!
Yana Shareef
ޔާނާ ޝަރީފް
30 އޮކްޓޯބަރު 2025

އަދުގެ ވެރިޔާ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ވާން ގާތްވެފައިވާއިރު, ވެރިކަމަށް އައުމުގެ ކުރިން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްްވާނެކަމަށް ވެވަޑައިގެންނެވި ވައުދުފުޅުގެ 50 އިންސައްތަ ވެސް ފުރިހަމަކޮށްފައިނުވާކަަން ހާމަވެއްޖެއެވެ.

ސިޔާސީ ވަޒީފާތައް އުފެއްދެވި ނަމަވެސް އެ ވަޒީފާތައް ދީފައިވަނީ މުއިއްޒަށް ސަނާ ކިޔާ އެއްވެސް ތައުލިމެއް ތަޖުރިބާއެއް ނެތް ފަރާތްތަކަށްކަން ފާހަގަކޮށްލެވެއެވެ.

ހާއްސަކޮށް 2023 ވަަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި މުއިއްޒަށް ވޯޓު ހޯދައި ދެއްވާ ސޯޝަލް މީޑިއާގައި މުއިއްޒު ޕްރޮމޯޓުކުރުމުގައި އުޅުނު ބޮޑެތި ވެރިންގެ ދަރިންނަށް ވަޒީފާ ބަހާފައިވާކަން ވެސް މިދިޔަ މެއި މަހު ހިނގި ހާދިސާއަކުން ވެސް އެނގިގެންދިޔައެވެ.

ޔޫތް އެޑްވައިޒަރީ ބޯޑްގެ ނަމަުގައި ބޯޑެއް އުފައްދަވާ އެ ބޯޑަށް އައްޔަންކޮށްފައިވާ ގިނަ މެމްބަރުންނަކީ ވެސް މުއިއްޒަށް ސަނާ ކިޔުއްވުމުގައި އުޅުއްވާ ޒުވާނުންތަކެކެވެ.

ކެމްޕެއިން ދުވަސްވަރު އެންމެ ގިނައިން ދެއްކެވި އެއްްވާހަކައަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެެއްވާނެކަމުގެ ވާހަކަތަކެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް އެ ފަދަ ކަމެއް ކުރެއްވި މަންޒަރެއް ނުފެނެއެވެ.

ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ނަމުގައި މުއިއްޒު ފެއްޓެވި ޕްރޮގްރާމަކީ ވެސް އަދި ވަޒީފާ ފަހިކޮށްދިނުމަށް ކުރެވޭ ވަރަށް ކުޑަ މަސައްކަތެކެވެ. އެެހެންކަމުން އެއީ އެހާ ބޮޑު ކަމެއް ނޫންކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މުއިއްޒަށް އެންމެ ވަޒީފާ ގަނޑެއްް ނުއުފުއްދިގެން އުޅޭއިރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވަނީ އެމަނިކުފާނުގެ ޒައާމަތުގައި 67,000އަށްވުރެ ގިނަ ވަޒީފާ އުފައްދަވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved