April 17, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފްގެ ގައުމީ ޖަލްސާގައި ވާހަކަފުޅު ދައްކަަވަނީ
ރައީސް ޔާމީން ޕީއެންއެފްގެ ގައުމީ ޖަލްސާގައި ވާހަކަފުޅު ދައްކަަވަނީ / ތޭރަ އޮންލައިން

އަޅުގަޑުގެ ނަން ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Oct 31, 2025, 11:44 AM
މާލެ ސިޓީ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި އެމަނިކުފާނުގެ ނަން ﷲގެ އިރާދަފުޅުން އޮންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު އިސްވެ ހުންނަވާ އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ފުރަތަމަ ގައުމީ ޖަލްސާގައި ބުރާސްފަތި ދުވަހުގެރޭ ވާހަކަފުޅު ދައްކަަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީއިން ފުރަތަމަ ވެރިކަމަށް އައީވެސް ފަނޑިޔާރުގެތައް މިނިވަންކުރަން ވަކާލާތުކޮށްގެން ނަމަވެސް އެ ވެރިކަމުގައި ވެސް ކަން ވެގެން ދިޔައި ހިތްޕުޅާ ނުވި ބޭފުޅުން ޖަލުގައި ގަނަ ތެޅުވުން ކަމަށާ އެގޮތުން އޭރުވެސް އެމަނިކުފާނު ޖަލުގައި ދުވަސްތަކެއް ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވިކަން ފާހަގަކުރެއްވިއެވެ.

އެމްޑީޕީއިން އޭރުގައި މަސައްކަތްކުރީ މުޅި ފަނޑިޔާރުގެ ބަދަލުކުރަން ކަމަށެވެ. އެދުވަހުގެ ވާހަަކަ މިއަދު ދައްކަވާއިރު، މިހާރުގެ ސަރުކާރުގެ ހާލަތު އޮތީ މާ ތަފާތުކޮށް ނޫން ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ޑިމޮކްރެސީއެއްގައި ހުންނަ މުއައްސަސާތަކަށް ބަލާއިރު، އެންމެ ވަރުގަދަ ތަނަކަށް ވަނީ އަދުލުވެރި، މިނިވަން، އިންސާފުވެރި ފަނޑިޔާރުގެއެއް ކަމަށާ މިއަދުގެ ގައުމުގެ ރައްޔިތުންގެ ބަދުނަސީބަކީ އެފަދަ ފަނޑިޔާރުގެތައް ނެތުން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ޕާޓީތަކުން އެކަންކަމަށް އަޑު އުފުލަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި މުޅި ޑިމޮކްރެޓިކު ނިޒާމު ދައިމަތި އަޅާ ފުނޑާލައިފިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ދެން ރައްޔިތުންނަށް ތަސައްލީ ގެނެސްދޭނީ ފަޅުތަކާ ގިރިތަކާ އަމިއްލަ ފައިދާއަށް މަސައްކަތްކުރާ މީހުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މިހާރު މިސަރުކާރުން ގެންދަނީ އެމަނިކުފާނަށް ސިޔާސީ މަސައްކަތްކުރަމުން ދާތީ އެކަމަށް ހުރަސްއަޅާ އެމަނިކުފާނު ބަންދުކުރަން ކަމަށާ އަދި އެމަނިކުފާނުގެ ނަން ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި ނޯންނާން ކަމަށް ސަރުކާރުގެ އިސްވެރިން ބުނަމުންދާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެހެން ނަމަ އެ ވޯޓު ކަރުދާސް ޗާޕުކުރާނީ ރާއްޖޭގައި ނޫން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ މައްސަލައިގައި އެމަނިކުފާނާ އަދި އިސް ގާނޫނީ ވަކީލުވެސް އުއްމީދު އެބައޮތް ކަމަށާ އެހެންކަމުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި "ރައީސް ޔާމީން"ގެ ނަން އޮންނާނެ ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ޝަރުއީ ނިޒާމަށް އަތް ބާނައިގެން ކަންކަންކުރުމުގެ ނަތިޖާ ނޭނގޭ ނަމަ ކައިރި މާޒީއަކުން އެކަން ފެންނަ އޮންނާނެ ކަމަށާ ރައީސް އިބްރާހިމު މުހައްމަދު ސޯލިހު އެކަމުގެ ނަމޫނާ ދައްކާ، ވެރިކަން ނިންމާލަން ޖެހުނުކަން ވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved