theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ތޭރަ އޮންލައިން
ސިޔާސީ
ވަކިކަމެއް ނުކޮށް ދޫކޮށްލީ ޑިމޮކްރަސީ ޅަފަތުގައި އޮތީމަ ކަމަށް ބުނެވޭނެ ޖާގައެއް މިހާރު ނޯންނާނެ: ރައީސް ޔާމީން
Aiminath Zawjah
އައިމިނަތް ޒަޢުޖާ
31 އޮކްޓޯބަރު 2025
މާލެ ސިޓީ

އެއްވެސް ސިޔާސީ މީހަކަށް، ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވަކި ކަމެއް ނުކޮށް ދޫކޮށްލެވިގެން އުޅެނީ ޑިމޮކްރަސީގެ ޅަފަތުގައި ދިވެހިރާއްޖޭ އޮތީމަ ކަމަށް ބުނެވޭނެ ޖާގައެއް މިހާރު ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީއަށް މިހާރު ތިރީސް އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެކަމަށެވެ.

މިގޮތުން، ކުރީގެ ރައީސް މައުމޫނުގެ ދައުރުގެ 15 ވަރަކަށް އަހަރުން ފެށިގެން ރައްޔިތުންނަށް ދަތިވާ މައްސަލަތަކުގެ ވާހަކަ ދެއްކުމާއި، ސަރުކާރުތައް ޖަވާބުދާރީކުރުވުމަށް ވާހަކަދެއްކުމާއި، މިނިވަން ބަހުޘްތަކާއި ޕޮލިސިކަލް ޑިސްކޯސްތަަކުގެ ވާހަކަދެއްކުން ފެށިފައިވާ ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން ޑިމޮކްރަސީގެ ދަތުރު ފަށައިގެން އުޅޭތާ 30 އަހަރަށްވުރެ ގިނަ ދުވަސްމިވީ. އަޅުގަނޑުމެން މިތިބީ ޑިމޮކްރަސީއަށް ފައްކާވެފައި.

- ރައީސް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް ހިތާމައަކީ، މިހާރު ސިޔާސީ ލީޑަރުންގެ ވިސްނުމާއި، އަޒުމާއި، ރައްޔިތުންނާއި ދޭތެރޭ އޮންނަ ގުޅުން ދަށްވެފައިވާ މައްސަލަކަން ރައީސް ޔާމީން ވިދާޅުވިއެވެ. ސަރުކާރުން ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަމުން ދާއިރުވެސް ޒިންމާދާރު ކުރުވަން ތިބި މުއައްސަސާތަކުން ބަސް ނުބުނެ ތިބުމަކީ މީގެ ހެއްކެއް ކަމަށް ރައީސް ޔާމީން ސިފަކުރެއްވިއެވެ.

އެހެންކަމުން މިކަންކަމަށް ހައްލު ހޯދައިދިނުމަށް މި ދެ އަހަރު ތެރޭގައި ޕީއެންއެފް އިން އަންނަނީ މަސައްކަތް ކުރަމުން ކަމަށާއި ސަރުކާރު ޒިންމާދާރު ކުރުމަށް ކުރާ މި މަސައްކަތުން ސަރުކާރަށް ޖަވާބުދާރީވުމަށް އުނދަގޫ ވެގެން އުޅުއްވަނީ އެމަނިކުފާނުމެން ކުރައްވާ މަސައްކަތަކީ ގައުމީ ހައްގު މަސައްކަތެއްކަން ސަރުކާރަށްވެސް ގަބޫލުފުޅު ކުރެއްވޭތީ ކަމަށްވެސް ރައީސް ޔާމީންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ޑިމޮކްރަސީގެ އެންމެ މުހިއްމު ބަޔަކީ ސިޔާސީ ޕާޓީތައް ކަމަށްވާއިރު ޕީއެންއެފްއިން އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ޙައްގުގައި ކަމަށާއި ރައްޔިތުންނަށް ލާބައާއި ހެޔޮ ގޮތް ހޯދައިދިނުމަށް މަގުމަތިންވެސް މަސައްކަތް ކުރަން ޕީއެންއެފްއިން ލަދުނުގަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭ ބޭއްވި އެ ޕާޓީގެ ރައީސް ކަމަށް އެމަނިކުފާނު ހޮވުނު އިރު ނައިބުންނަށް ހޮވިފައިވަނީ އެމަނިކުފާނުގެ ދަރިކަލުން ޒެއިން ޔާމީނާއި ޑރ ޖަމީލް އަހްމަދެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved