March 16, 2026
Advertisement
-
- / ސްޓެލްކޯ

ސްޓެލްކޯއިން މިއަދުވެސް ކަރަންޓް ކަނޑާލައިފި، ރައްޔިތުން ކެތް ގަދަ!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 31, 2025, 07:30 PM
މާލެ ސިޓީ

ސަރުކާރުން ކަރަންޓް ކެނޑުމުގެ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން މިއަދުވެސް މާލޭގެ ސަރަހައްދުތަކުން ކަރަންޓް ކަނޑާލައިފިއެވެ.

Advertisement

ކޮންމެ ހަފްތާއެއްގެވެސް ހަފްތާ ބަންދާއި ދިމާކޮށް މެއިންޓެއިނެންސްގެ ނަމުގައި ސްޓެލްކޯއިން އަންނަނީ ހެނދުނު ހެނދުނާ ކަރަންޓް ކަނޑަމުންނެވެ.

މިގޮތުން މިއަދު ހެނދުނު މާފަންނު އަދި މައްޗަންގޯޅީގެ ސަރަހައްދުތަކުން ހެނދުނު 06:00 އިން 06:30 އަށް ކަރަންޓް ކަނޑާލައިފައިވެއެވެ. އަދި 10:30 އިން 11:00 އަށް އެމްވީ ނެޓްވޯކް އަޕްގްރޭޑް މަސައްކަތުގެ ނަމުގައި ވަނީ ކަރަންޓް ކަނޑާލާފައެވެ.

ސްޓެލްކޯގެ ޕޯސްޓަށް އާންމުން ކޮށްފައިވާ ބައެއް ކޮމެންޓްތައް
ސްޓެލްކޯގެ ޕޯސްޓަށް އާންމުން ކޮށްފައިވާ ބައެއް ކޮމެންޓްތައް

ކަރަންޓް މައްސަލަ ވަނީ މި ސަރުކާރު ހަވާލުވުމަށްފަހު ކޮންޓްރޯލުން ނައްޓާފައެވެ.

ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ކުރަމުން ދިޔަޔަސް ސަރުކާރުން މާ އެދެވޭ ސަމާލުކަމެއް ދެމުންދާ ތަނެއް ފެނިގެން ނުދެއެވެ.

ރައްޔިތުން ގަދަ ހޫނުގައި ނިދާލަން، އަރާމުކޮށްލަން ލިބޭ ވަގުތުކޮޅުގައި ސަރުކާރުން އެއްވެސް ވިސްނާލުމެއްނެތި ސަރުކާރުން މިގޮތަށް ރައްޔިތުންނަށް ކުރަމުން އަންނަ ދުއްތުރާއަށް ރައްޔިތުން އަންނަނީ ވަރަށް ކެތް ކުރަމުންނެވެ. ނަމަވެސް އިންސާނުންނަށް ކެތްވެސްވާނީ ވަރަކަށްކަން ގައިމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved