April 29, 2026
Advertisement
ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު
ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު / ތޭރަ އޮންލައިން

މުއިއްޒު އެގޮނޑީގައި ހޭދަކުރާ ކޮންމެ ވަގުތަކީ ޣައްދާރެއްގެ ސިފަ ހިތަށް ގެނެވޭނެ ވަގުތު: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Oct 31, 2025, 08:30 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު އެގޮނޑީގައި ހޭދަކުރާ ކޮންމެ ވަގުތަކީ ޣައްދާރެއްގެ ސިފަ ހިތަށް ގެނެވޭނެ ވަގުތު ކޮޅަކަށް ވާނެ ކަމަށް ކުރިގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް އަބްދުﷲ ޔާމީންގެ އިސް ގާނޫނީ ވަކީލުކަންވެސް ކުރައްވަމުން ގެންދާ ޑރ ޖަމީލު މިފަދައިން ވިދާޅުވީ، އެމަނިކުފާނުގެ ނަންފުޅު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކަރުދާސްކޮޅުގައި އޮންނާނެ ކަމަށް ވިދާޅުވި ޚަބަރެއްގެ ސްކްރީން ޝޯޓު ހިއްސާ ކުރައްވާ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ޑރ ޖަމީލު ވިދާޅުވީ، ރައީސް ޔާމީނަށް 2023ގެ ޕީޕީއެމް ކޯލިޝަންގެ ޓިކެޓް ރައްޔިތުން ދިން ކަމަށާ ނަމަވެސް ނުހައްގުން ކުރި ހުކުމަކާ އެކު އެމަނިކުފާނު ޖަލުގެ ތޭރިތަކުގެ ތެރޭ އޮންނަވަން ޖެހިވަޑައިގެންނެވުމުން މިހާރުގެ ރައީސް މުއިއްޒު ހުސްގޮނޑިއަކާއެކު ވެރިކަމަށް ހޮވާދެއްވި ކަމަށެވެ.

އެއީ ބަދަލު ނުވާނެ ޙަގީގަތެއް ކަމަށާ ވެރިކަން ލިބުމާއެކު ރައީސް މުއިއްޒު ދެއްކިހާ ވާހަކަތަކާ މުޅި މީހާ ބަދަލުވިކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ ރައީސް މުއިއްޒު ބޮޑު ތަނުން ހެދީ މަކަރު ކަމަށެވެ.

ރައީސް މުއިއްޒުއާ ޙަވާލުކުރި އަމާނާތަށް އެމަނިކުފާނު ވެވަޑައިގެންނެވީ ޚިޔާނާތްކަމަށާ ރައީސް މުއިއްޒަށް ޝުކުރު އަދާކުރަންވެސް ނޭނގުނު ކަމަށް ވެސް ޑރ ޖަމީލު ވިދާޅުވެފައެވެ. މީގެ އިތުރުން މިއަދު ރައީސް މުއިއްޒު އެގޮނޑީގައި ހޭދަކުރާ ކޮންމެ ވަގުތަކީ ޣައްދާރެއްގެ ސިފަ ހިތަށް ގެނެވޭނެ ވަގުތުކޮޅެއް ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒަށްވެސް ޕީއެންސީއަކަށްވެސް މާތް اللهގެ މިންވަރުފުޅުން ރައީސް ޔާމީނުގެ 2028 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓުގެ ފުރުސަތު ނުހުއްޓުވޭނެ ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ ﷲގެ ވަޙީބަސްފުޅުގައި ވާފަދައިން މަކަރުވެރިންގެ ރޭވުމަށްވުރެ އެކަލާނގެ ތަދުބީރު ކުރުން މާމޮޅުވާނެ ކަން ހަނދާން ކޮށްދެއްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved