April 4, 2026
Advertisement
.
. / މަޖިލިސް

ރައީސް ޔާމީންގެ ވަރުގަދަ ސުވާލެއް: މީޑިއާ އަޅުވެތިކުރިއިރު ކޮބާތޯ އަޒާން⸮

Yana Shareef
ޔާނާ ޝަރީފް
Oct 31, 2025, 10:26 PM

ސަރުކާރުން މީޑިއާތައް އަޅުވެތިކުރުމުގައި އުޅޭއިރު ދިޔަރެސް ނޫހުގެ ވެރިޔާ, އަދި ކުރީގެ ނޫސްވެރިޔާ, މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ކޮބާތޯ އައްސަވާ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވަރުގަދަ ސުވާލެއް އަމާޒުކުރައްވައިފިއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ސުވާލު އަމާޒުކުރެއްވީ ޕީއެންއެފްގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވަނީ ދައުލަތުން މީޑިއާތަކަށް 28 މިލިއަން ރުފިޔާގެ ފައިސާ ދޭން ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެފަދައިން މީޑިއާތަކަށް ސަރުކާރުން ފައިސާ ދޭކަމުގައި ވާނަމަ އެއްވެސް މީޑިއާއަކުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތެއް ނުކުރާނެކަމަށް އެެމަނިކުފާނު ވިދާޅުވިއެެވެ.

ރައީސް ޔާމީން ވިދާޅުވީ މީޑިއާ އަކީ ސަރުކާރާއި, ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަވާބުދާރީ ކުރުވާ ރައްޔިތުންނަށް ހަގީގަތް ފޯރުކޮށްދޭން ތިބެންޖެހޭ ބައެއްކަމަށެވެ. ނަމަވެސް ފަައިސާކޮޅަކަށް ވިކިގެން ދިޔައީމަ މީޑިއާތަކުގެ އަޑު އަހާނެ ބައެއް ނުތިބޭނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ހުރިހާ ކަމެއްްގެ ބޮޓަމް ލައިނަކީ ފައިސާތޯ...ފައިސާވެއްޖިއްޔާ އެއީ ރިޝްވަތު, ރިޝްވަތު ވެއްްޖާ އެއީ އަޅުވެތިވުން,, ރިޝްވަތު ނަގާފައި ހުރި މީހަކަށް ނުކެރޭނެ ރައްޔިތުންގެ ހައްގުގައި އެއްޗެއް ބުނާކަަށް" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ތިއްބަވަނީ ރިޝްވަތުގެ ފައިސާއަށް ވިކި ހުސްވެފައިކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved