March 16, 2026
Advertisement
ރައީސް މުއިއްޒު
ރައީސް މުއިއްޒު / ސޯޝަލް މީޑިއާ

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ މުއިއްޒު ބޮޑުކުރީ ވެސް ދެއްކުންތެރިކަމަށް

Yana Shareef
ޔާނާ ޝަރީފް
Nov 1, 2025, 05:58 AM

ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމާ އެކަން ކުރީ މި ސަރުކާރުން ހެޔޮނިޔަތެއްގައި ނޫންކަން ހާމަވެއްޖެއެވެ.

Advertisement

ސެޕްޓެމްބަރު 28 ވަނަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ނޮވެމްބަރު މަހުގެ 1 ވަނަަ ދުވަހުން ފެށިގެން ސިވިލް ސާރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެކަމަށެވެ.

މި ސަރުކާރުން ހުރިހާ ކަމެއްވެސް ކުރަމުންދަނީ ރައްޔިތުންނަށް ދަޅަ ދައްކާ ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައިކަމަށްވެސް ސިޔާސީ ވާދަވެރިން ބުނެއެެވެ.

އެގޮތުން މާލީ ގޮތުން ދަތި ދަނޑިވަޅެއްގައި ވެސް ސަރުކާރު މުވައްޒަފުންތަކެއްގެ މުސާރަ ބޮޑު ކުރުމަށް ބޮޑު ރިސްކެއް ސަރުކާރުން ނެގީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އެ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާ މެމްބަރުންގެ ވޯޓު ހޯދުމުގެ ބޭނުމުގައިކަމަށް ވެސް ބެލެވެއެވެ.

މިއަދުން ފެށިގެން މުސާރަ ބޮޑުވާނެކަމަށް ބުނެ ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ޖޮބް މެޓްރިކްސްގައި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންގެ މުސާރަތަކަށް ގެންނަ ބަދަލުތައް ހިމަނާފައިވެ އެވެ.

އެގޮތުން ވިޔަފާރި އާއި އެޑްމިނިސްޓްރޭޓިވް ދާއިރާ އާއި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ދާއިރާ އާއި ލީގަލް އަދި ކަލްޗާގެ ދާއިރާގެ އިތުރުން ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އަދި ފަންނީ ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް އަންނަ ބަދަލުތައް އާންމުކޮށްފަައިވެ އެވެ.

އޭގެތެރޭގައި އެކައުންޓެންޓުނާއި ފިސްކަލް އެނަލިސްޓުންނާއި ލޯކަލް ކައުންސިލްތަކުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންނާއި އާކިއޮލޮޖިސްޓުންނާއި އިކޮނޮމިސްޓުންގެ އިތުރުން މީޑިއާ ކޮމިޝަނުގައި މަސައްކަތް ކުރާ މުވައްޒަފުން އަދި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ސިފައިންނާއި އޭވިއޭޝަން ކޮމާންޑުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތަކަށް ގެންނަ ބަދަލު ހިމެނެ އެވެ.

މުސާރަތައް ބޮޑުކުރަން ނިންމި ނަމަވެސް ސިވިލްސާވިސް މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދެން ލިބޭނި އޮފީހުގައި އަށްގަޑިއިރު ހަމަކުރުމުންކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved