ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާގެ އަށް 08 ވަނަ ޓަވަރުގެ 14 ވަނަ ފަންގިފިލާއިން ދިވެހި ފިރިހެނެއް ވެއްޓި ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަަކު ވިދާޅުވީ، މިއަދު ހެނދުނު 8:30 ހާއިރު ހިޔާ ޓަވަރު އަށަކުން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަަަށެެވެ.
އަަދި އެ މީހާ މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވިގޮތުގައި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލުމާތު ދީފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ހިޔާ ޓަވަރުތަކުން މިފަދަ ހާދިސާތައް ދިމާވެ ކުޑަކުދިން ހިމެނޭހެން ފުރާނަތައް ގޮސްފައިވެއެވެ.