March 16, 2026
Advertisement
-
- / ޕީއެސްއެމް

ތިން މިނިސްޓްރީއެއް އަނދާ ހުލިވިތާ 320 އަށްވުރެ ގިނަ ދުވަސް: ތަހުގީގުގެ މަތިން ސަރުކާރުން ހަނދާނެއްނެތް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 1, 2025, 05:56 PM
މާލެ ސިޓީ

2024 ޑިސެމްބަރު 12 ވަނަ ދުވަހު ސަރުކާރުގެ ތިން އިދާރާއެއް ހިމެނޭ އިމާރާތުގައި ރޯވެ އަނދާހުލިވިތާ 320 އަށް ވުރެ ގިނަ ދުވަސްވެފައިވާއިރު މި ހާދިސާގެ ތަހުގީގު ކުރިއަށްދާ ކަމުގެ އެއްވެސް އަޕްޑޭޓެއް ސަރުކާރުން ހާމަކޮށްފައިނުވެއެވެ.

Advertisement

މި އިމާރާތަކީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާގެ އިތުރުން އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާވެސް ހިންގަމުން އަންނަ އިމާރާތެވެ. އަދި އެ އިމާރާތް ހުންނަ ގޯތީގައި މާލެ ސިޓީ ކައުންސިލްގެ ރެޖިސްޓްރޭޝަން ޑިޕާޓްމަންޓްވެސް ހުރެއެވެ.

މި ހާދިސާ ތަހުގީގު ކުރުމަށް ރާއްޖެއިން ބޭރުގެ ތަހުގީގީ ޓީމެއް ގެންނަން އުޅޭ ކަމުގެ ވާހަކަތައްވެސް އެކި ނޫސްތަކުގެ ހެޑްލައިންގައި ސަރުކާރުން ޖަހަމުންދިޔައެވެ.

ނަމަވެސް، ބޭރުގެ ޓީމެއް ރާއްޖެއައި ކަމެއް ނުވަތަ ރާއްޖޭގެ ތަހުގީގީ އިދާރާއަކުން މި މައްސަލަ ބެލި ކަމުގެ އެއްވެސް އަޕްޑޭޓެއް ސަރުކާރުންވެސް އަދި ތަހުގީގީ އިދާރާއަކުންވެސް މިހާތަނަށް ހާމަކޮށްފައިނުވެއެވެ.

މި ތިން އިދާރާއަކީވެސް ދައުލަތުގެ މުހިއްމު ލިޔެ ކިޔުންތައްހުރި އިދާރާތަކަށްވެފައި، މި ލިޔެކިޔުންތަކުގެ ޑިޖިޓަލް ކޮޕީތަކެއް ނެތްކަންވެސް ސަރުކާރުން ބުނެފައިވާއިރު މިފަދަ މައްސަލައެއް މިހާ ލުއިކޮށް ސަރުކާރުން ގެންދިޔުމަކީ މީގެ ފަހަތުގައި އިތުރު ސަބަބުތަކެއް ވާކަން ރައްޔިތުންނަށް ގަބޫލުކުރެވޭ ފަދަ ކަންކަމެވެ.

ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ ތަހުގީގީ އިދާރާތައް މިވަނީ ބޮޑު ތަނުން ފެއިލްވެފައެވެ. މިފަދަ އިދާރާތަކުންވެސް ފެންނަނީ ޚިޔާނާތާއި ވައްކަމުން ފުރިގެންވާ މަންޒަރެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved