March 16, 2026
Advertisement
ކުރީގެ ނައިބު ރައީސް ޖަމީލް
ކުރީގެ ނައިބު ރައީސް ޖަމީލް / ސޯޝަލް މީޑިއާ

އެއްވެސް މުޖުތަމައުއެއް އަދި ޑިމޮކްރަސީގައި މުއިއްޒު ފަދަ މީހަކަށް މާފެއް ނުކުރާނެ: ޑރ ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 1, 2025, 06:31 PM
މާލެ ސިޓީ

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒެ ވެރިކަމަށް އައީ ރައީސް ޔާމީން އަބްދުލްގައްޔޫމަށް އޮތް ތާއީދުން ކަމަށާއި ވެރިކަމުގެ އާރާއި ބާރު ލިބުމުން އެ ހުރިހާ ކަމެއް ބޮލާލައި މުއިއްޒު ޖަހާފައިވާ ކަމަށް ބުނެ ކުރީގެ ނައިބު ރައީސް، ޕީއެންއެފްގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލު މިފަދައިން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

‏33 އަހަރުވަންދެން ވަފާތެރިކަމާއެކު ދައުލަތަށް ހިދުމަތްކުރި މީހެއްގެ ދިރިއުޅުން ހަލާކުކޮށްލާފަ، އަބުރު ކަތިލާފަ، ދޮގު ތުހުމަތު ބޮލުގަ އަޅުވާ ވަޒީފާއިން ކަނޑާލާފައިވާ މައްސަލައިގައި އާންމުންގެ ގިނަ ބަޔަކު ފާޑުކިޔަމުން އަންނަ މައްސަލައަށް އަލިއަޅުވާލާ ޑރ. ޖަމީލް ވިދާޅުވީ އެއްވެސް މުޖުތަމައުއެއްގައި އަދި ޑިމޮކްރަސީއެއްގައި ރައީސް މުއިއްޒު ފަދަ މީހަކަށް ރައްޔިތުން މާފު ނުކުރާނެ ކަމަށެވެ.

ރައީސް މުއިއްޒަކީ ވެރިކަމަށް ކުފޫ ހަމަނުވާ އަޚްލާގުގެ ހުތުރު މިސާލެއް ގޮތަށް ތާރީޚު ދެމިއޮތްހާ ދުވަހަކަށް ރައްޔިތުން ސިފަކުރާނެ ކަމަށްވެސް ޖަމީލް ފާހަގަކުރެއްވިއެވެ.

-
-

މީގެ އިތުރުން، މުއިއްޒަކީ ޣައްދާރެއް ކަމަށް މީގެ ކުރިންވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ. ވެރިކަމުގެ ގޮނޑި ލިބުމާއިއެކު ވެރިކަމަށް ގެނައި “ހުސްގޮނޑި” މަތިން މުއިއްޒު ހަނދާންނެތި އެ މަގާމު ހޯއްދަވައި ދެއްވި ފަރާތަށް މަކަރާއި ޚިޔާނާތްވި ކަމަށްވެސް ޖަމީލް ފާހަގަކުރެއްވިއެވެ.

މި ސަރުކާރު ހަވާލުވިފަހުން ކޮރަޕްޝަނާއި ވައްކަން ކުރާ މީހުންނަށް ގަދަރާއި އިއްޒަތާއި ބޮޑެތި މަގާމުތައް ދެމުން އަންނަ އިރު އިޚްލާސްތެރިކަމާއި އެކު މަސައްކަތް ކުރަމުން އަންނަ މީހުންގެ ބޮލުގައި އަމިއްލަ ފައިދާއަށް ދޮގު އިލްޒާމް އަޅުވާ އަންނަނީ އެއް ފަރާތް ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved