March 16, 2026
Advertisement
ޕީއެންއެފް ޖަލްސާގެ ތެރެއިން
ޕީއެންއެފް ޖަލްސާގެ ތެރެއިން / ތޭރަ އޮންލައިން

އާދިއްތަ ދުވަހުގެރޭގެ ޖަލްސާ ނޯންނާނެ، ދެން ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހު!

Mariyam Isaadha
މަރިޔަމް އިސާދާ
Nov 1, 2025, 07:57 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)އިން ސިލްސިލާކޮށް ބާއްވަމުން ގެންދާ ޖަލްސާތަކުގެ ތެރެއިން މި އާދިއްތަ ދުވަހު ޖަލްސާ ނޯންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.

Advertisement

ޕާޓީގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާ މިހަފްތާގައި އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ ކަމަށާ މާދަމާ ރޭ ޖަލްސާވަނީ ކެންސަލްކުރެވިފައި ކަމަށެވެ.

ފްރޮންޓު އޮފީސް ޖަލްސާ މާދަމާ ރޭ ކެންސަލުކުރެވިފައިވާއިރު، ހުކުރު ދުވަހުގެރޭ ވަނީ އެ ޕާޓީގެ ގައުމީ ޖަލްސާ ބާއްވާ މަގާމުތަކަށް މީހުން ވެސް އިންތިހާބުކޮށްފައެވެ.

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.



މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔާސަތުތައް ފާހަގަކޮށް ޕީއެންއެފް އިން ބޭއްވި ބޮޑު ޖަލްސާ "ވޭކްއަޕް" އަށް ގިނަ ބަޔެއްގެ ތަރުހީބު ލިބިފައިވާކަން ފާހަގަކުރެވިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved