May 19, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކުރުސީގެ ޕޯލް ބޮޑު ތަނުން ރައީސް ޔާމީން ކާމިޔާބުކޮށްފި، ހުސްގޮނޑި ދެއްކި މުއިއްޒަށް ލިބުނީ %7

Aiminath Sarah
އައިމިނަތް ސާރާ
Nov 1, 2025, 10:19 PM
މާލެ ސިޓީ

ރާއްޖޭގެ މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ހަސަން ކުރުސީ އޭނާގެ އެކްސް އެކައުންޓްގައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާނެ ފަރާތަކަށް ހުޅުވާލި ޕޯލް، ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޮޑު ތަނުން ކާމިޔާބުކޮށްފިއެވެ.

Advertisement

މި ޕޯލްގައި ކުރުސީ ހިމަނާފައިވަނީ ރައީސް ޔާމީނާއި، އެމްޑީޕީގެ ކެންޑިޑޭޓަކާއި މިހާރުގެ ރައީސް މުއިއްޒެވެ.

މި ޕޯލް %54 ގެ ބޮޑު މެޖޯރިޓީއަކާއި އެކު ރައީސް ޔާމީން ކާމިޔާބު ކުރެއްވިއިރު އެމަނިކުފާނުގެ ފޮޓޯއާއި ހުސްގޮނޑި ވިއްކައިގެން ވެރިކަމަށް އައި މުއިއްޒަށް ރައްޔިތުން އެންމެ &7 އާއި އެކު ބޮޑު ތަނުން ނޫނެކޭ ވަނީ ބުނެފައެވެ.

މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ވެގެން ދާއިރު މުއިއްޒަށް ބޮޑު ތަނުން ނޫނެކޭ ބުނުމަކީ މުއިއްޒު ފެއިލްވެފައިވާ ކަމުގެ ބޮޑު ނިޝާނެކެވެ. ރަނގަޅު ހަރުދަނާ ސިޔާސަތުތަކެއް ތަންފީޛުކުރަން ނޭގި ގައުމު އޮތް ނިކަމެތި ހާލަތުން އެތައް ގުނައެއް މިހާރު ގައުމު ވަނީ ދަށަށް ގޮސްފައެވެ. ވެރިކަން ހިންގަން ނޭގި، ކުފޫ ހަމަނުވާ މީހުން ވުޒާރާތަކާއި އިދާރާތަކުގެ ވެރިންނަށް އައްޔަނުކޮށް ރައްޔިތުންގެ އިތުބާރު އެކުއެކީ މުއިއްޒުވަނީ ގެއްލުވާލާ ދިވެހިން ބިކަކޮށްފައެވެ.

-
-

ބްރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްއިން ބޭއްވި އެ ޕާޓީގެ ގައުމީ ޖަލްސާގައި ޕީއެންއެފްގެ ރައީސް ޔާމީން ވަނީ 2028 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމަށް ރަސްމީކޮށް އިއުލާންކުރައްވާފައެވެ. މިއާއި އެކު ދިވެހި ރައްޔިތުން އެދިއެދި ތިބި “ދިވެހީންގެރާއްޖެ” އެއް ލިބިގެންދާނެ ކަމުގެ އުއްމީދު ވަނީ އާވެގެން ގޮސްފައެވެ.

އެމަނިކުފާނުގެ ޒައާމަތަކަށް ދިވެހި ރައްޔިތުން އެދި ތިބިވަރު މި ޕޯލްެއިން އެކަނިވެސް ހާމަވެގެން ގޮސްފިއެވެ.

ކޮމެންޓު
ކޮމެންޓްތައު
se afeefhasxvcyfhs
Nov 3, 2025, 08:46 AM
Thank you news thank you
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved