theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ގުޑް ގަވަނަންސްގެ އެންމެ މައި ތަނބުކަމުގައިވާ ރައްޔިތުންގެ ހައްގުތަކަށް ސަރުކާރުން އިހުމާލުވެއްޖެ: ރައީސް ޔާމީން / ހުރިހާ.އެމްވީ
ސިޔާސީ
ގުޑް ގަވަނަންސްގެ އެންމެ މައި ތަނބުކަމުގައިވާ ރައްޔިތުންގެ ހައްގުތަކަށް ސަރުކާރުން އިހުމާލުވެއްޖެ: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
01 ނޮވެމްބަރު 2025
މާލެ ސިޓީ

ގުޑް ގަވަނަންސްގެ އެންމެ މައި ތަނބުކަމުގައިވާ ރައްޔިތުންގެ ހައްގުތަކަށް ސަރުކާރުން އިހުމާލުވެއްޖެ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މި ފަދައިން ވިދާޅުވީ ޕީއެންއެފްގެ ގައުމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބުރާސްފަތި ދުވަހުގެރޭ ބޭއްވި އެ ޖަލްސާގައި ރައީސް ޔާމީން ވަނީ ބަދަލަކަށް އެދި ގެނައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ނިމިދިޔަ އެމްޑީޕީ ސަރުކާރަށްވުރެ ގޯސްކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުން އިންތިހާއަށް ގޮސްފައިވާއިރު ކޮރަޕްޝަން އޮތީ އަތު ފަތު ނުޖެހިކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ހަމައެހެންމެ އާސަންދައާ ބޭސްފަރުވާގެ ހިދުމަތް ފަދަ އަސާސީ ހައްގުތަކަށް ސަރުކާރުން އިހުމާލުވެ ރައްޔިތުންގެ އުއްމީދުތައް ގެއްލުވާލާފައިވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ރާއްޖެ ޑިމޮކްރެސީއަށް ކުރި ދިގު ދަތުރުގައި މިއަދު ރާއްޖެ އެކަމަށް ފައްކާވެފައިވާއިރު، މުޅި ޑިމޮކްރެސީއަކީ ރައްޔިތުން ކަމަށެވެ.

އެއާއެކު ގައުމެއްގެ ވެރިކަމުގައި އެންމެ މުހިއްމު އެއްޗަކީ ގުޑް ހަވަނެންސްކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ، މިތާ އޮތީ ޕީޕަލްސް ސެންޓްރަލްޑް ޕޮލިސީއެއް ނޫން، ގުޑް ގަވަނަންސް މިތާ ޕްރެކްޓިސް ނުކުރާކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން ވަނީ ޑިމޮކްެރެޓިކު ވެލިއުސްތައް ދައިމަތި އަޅާފައި. މީހުންގެ ޝަކުވާތަކަށް ތަސައްލީއެއް ނުލިބޭ، އެންމެ އާދައިގެ ރައްޔިތު މީހާގެ ޝަކުވާއަކަށް ނިމުމެއް ނާދޭ. ޕީޕަލްސް ސެންޓަރޑް ގުޑް ގަވަނެންސްގައި ރިކޯޑު ހެދުމެއް ނޫން އޮންނަނީ. ގައުމު ހަޔާތް ކުރިއަށް ދިއުން ފިޔަވައި އެހެންކަމެއް މި ގައުމުގައި ނެތް ބަދަލުވެފައި.

- ރައީސް ޔާމީން.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ޑިމޮކްރެސީއެއްގައި ހުންނަ މުއައްސަސާތަކަށް ބަލާއިރު، އެންމެ ވަރުގަދަ ތަނަކަށް ވަނީ އަދުލުވެރި، މިނިވަން، އިންސާފުވެރި ފަނޑިޔާރުގެއެއް ކަމަށާ މިއަދުގެ ގައުމުގެ ރައްޔިތުންގެ ބަދުނަސީބަކީ އެފަދަ ފަނޑިޔާރުގެތައް ނެތުން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ޕާޓީތަކުން އެކަންކަމަށް އަޑު އުފުލަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި މުޅި ޑިމޮކްރެޓިކު ނިޒާމު ދައިމަތި އަޅާ ފުނޑާލައިފިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ދެން ރައްޔިތުންނަށް ތަސައްލީ ގެނެސްދޭނީ ފަޅުތަކާ ގިރިތަކާ އަމިއްލަ ފައިދާއަށް މަސައްކަތް ނުކުރާ މީހުން ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved