April 22, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ތަދުމަޑުކަމުގެ އަގު ސަރުކާރުން ދައްކަންޖެހޭ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Nov 2, 2025, 09:27 PM
މާލެ ސިޓީ

ގައުމަށް މިއަދު ދިމާވެފައިވާ ތަދު މަޑުކަމުގެ އަގު މި ސަރުކާރުން ދައްކަން ޖެހޭ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ރައީސް މުހައްމަދު މުއިއްޒާއި ދެކޮޅަށް ރަށްރަށުގައި މުޒާހަރާކުރާ ދުވަސް އޮތީ ވަރަށް ކައިރީގައި ކަމަށެވެ. މިއެ ކަންކަމަކީ މިހާރު ކުރަމުން އަންނަ ފަސޭހަ ވެރިކަމުގެ ނިމުން ކަމަށް ބެލުމަށް ވިދާޅުވެ މަލީހު އިތުރަށް ވިދާޅުވެފައިވަނީ، ރައްޔިތުން އަޑު އިއްވާނެ ކަމަށާ އެއީ ޑިމޮކްރަސީ ކަމަށެވެ.

ހަމަ އެހެންމެ ސަރުކާރުގެ ވައްކަމާ ފަސާދަ ހައްދުން ނައްޓާ ރައްޔިތުންގެ ޖީބު ހުސްވެއްޖެ ކަމަށް ވިދާޅުވެ މަލީހުވަނީ އެ ތަދުމަޑުކަމުގެ އަގު ސަރުކާރުން ދައްކަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ ބާވަތްތަކުގެ އަގު ވަނީ އިންތިހާއަށް މައްޗަށް އަރާފައެވެ. ސަބަބެއްކަމުގައި ވަނީ ޑޮލަރު އަގު ތިރިނުވުމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved