March 9, 2026
Advertisement
ރައީސްގެ ދެކަނބަލުން ހިމެނޭހެން ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ހައްޖަށް
ރައީސްގެ ދެކަނބަލުން ހިމެނޭހެން ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ހައްޖަށް / ރައީސް އޮފިސް

މުއިއްްޒަށް ފުއްދުނީ ކިތައް ވައުދު⸮

Yana Shareef
ޔާނާ ޝަރީފް
Nov 2, 2025, 11:20 PM

2023 ވަނަ އަހަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ހުސް ގޮނޑި ދައްކައިން ހޯދި ވެރިކަމެއްގައި ފެނިގެންދަނީ މުޅިންވެސް ރައްޔިތުންނަށް ދޮގު ހަދާ މަންޒަރެވެ. ވެރިކަމަށް ދެ އަހަރު ވާން ކައިރިވިއިރު ސަރުކާރުން ކުރި އެއްވެސް ކަމެއް ފެންނާކަަށް ނެތެވެ. އެހެންނަމަވެސް މިއީ ވަރަށް ހިންގުންތެރި ސަރުކާރެއްކަމަށް ދެއްކުމަށްޓަކައި އަދުގެ ރައީސް މުހައްމަދު މުއިއްޒު އެމަނިކުފާނު ގެންގުޅުއްވާ ބޮޓުން ކޮޅު ލައްވާ ސޯޝަލް މީޑިއާގައި އަންނަނީ ސަރުކާރު ޕްރޮމޯޓުކުރަމުންނެވެ.

Advertisement

ކެމްޕެއިނު ދުވަސްވަރު ރައްޔިތުންނަށް ވީ ވައުދުތަކުގެ އަދަދު ގުނާ އަދަދު ނުކުރެވޭތާ ވެރިކަމަށް އައުމަށްފަހުވެސް ފެނިގެންދަނީ ހަމަ އެފަދައިން ރައްުޔިތުންގެ ކުރިމައްޗަށް ގޮސް ވައުދުވާ މަންޒަރެވެ. ވައުދު ފުއްދުމުގެ މުހިންމުކަން މުއިއްޒަށް ނޭނގެނީ ނޫންކަމެއް ނުވަތަ އެނގެން ބޭނުން ނުވަނީކަމެއް ވެސް ނޭނގެއެވެ. މިދިޔަ ހަފްތާ ތެރޭ އަޑުން އަޑު ނަގާފައި ދައްކަމުންދިޔައީ އެއް އަހަރާއި އެގާރަ މަސް ދުވަސް ތެރޭ ރައީސް މުއިއްޒު މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރެކޯޑު ހެއްދެވި ވާހަކައެވެ. ހައިރާނެއް ނުވާނެތޯއެވެ. މުއިއްޒުގެ އަމާޒަކީ ރެކޯޑު ހެދުން އެކަނިބާއެވެ.

ރެކޯޑު ހަދާ ވާހަކަ ބައިނަލްއަގްވާމީ ނޫސްތަކުން ރިޕޯޓުކުރޭތޯ ވެސް މުއިއްޒު ބައްލަވައެވެ. ނޫސްވެރިންނާ 15 ގަޑިއިރަށް ބައްދަލުކުރީ މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގައެވެ. އެ ދުވަހު ވެސް 15 ގަޑިއިރަށް ނޫސްވެރިންގެ ބައްދަލުވުމެއް އެ ބޭއްވީ ނޫސްވެރިންނާ އެއްވެސް ވަރަކަށް ބައްދަލުނުކުރާތާ ޒަމާންތަކަކަށްފަހުއެވެ. އޭގެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް މުއިއްޒު ނުބާއްވައެވެ.

ޖެނެރޭޝަނަލް ބޭން އަށް އަމަލުކުރަން މި މަހުގެ އެއްވަނަ ދުވަހު ފެށިއިރު މިއީ ވެސް އައުކަމެއްް ނޫނެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޒައާމަތުގައި ވެސް 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައިވެއެވެ. މިއީ މިގައުމުގެ ވެރިޔަކު އަލަށްކޮށްގެން އުޅޭކަމަެއްގެ ގޮތުގައި މިކަން ވެސް ބޮޑުކުރުމުން ބައިނަލްއަގްވާމީ ނޫސްތަކުގައި މުއިއްޒު ވަރެއް ނެތެވެ.

އަނެއްކާވެސް މުއިއްޒުގެ ވައުދުތަކުގެ ވާހަކައަށް ބަލާލާއިރު ރަސްމާލެ ހިއްކައި އެތަނުގައި ބިއްލޫރި ޓަނަލެއް އަޅާނެ ވާހަކަ މިހާރު މުއިއްޒު ނުދައްކަވައެވެ. އެއީ ވެސް ނުފުއްދުނު ވައުދެކެވެ.

ޝަރުއީ ނިޒާމަށް އަތް ނުބާނާނެކަމަށް ބުނި ނަމަވެސް މުއިއްްޒަށް އެ ކަމެއް ވެސް ނުކުރެވުނެވެ. ބޭނުން ބަޔަކު ހައްޔަކުށް, ބަލަމުންދަނީ ވަކި ބަޔެއްގެ މައްސަލަތަކެވެ. ވާނުވާ ބަންދުގެ މައްސަލައަށް ވެސް ހައްލު ގެނެސްދެއްވާނެކަމަށަް ރައިސް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް މިހާާރުވެސް ފެނިގެންދަނީ ވާނުވާ ބަންދު ޖަހާ މަންޒަރުތަކެވެ.

އޭރު ލިޔުނު ވައުދު ފޮތް މިއަދު ވީތަނެއް ނޭނގެއެވެ. އެ ވައުދު ފޮތުން ފުއްދުނީ ކިތައް ވައުދު ކަމެއްވެސް ނޭނގެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved