March 16, 2026
Advertisement
..
.. / މަޖިލިސް

ބޯހިޔާވަހިކަމުގެ ބިލު އިސްލާހުކުރަނީ

Yana Shareef
ޔާނާ ޝަރީފް
Nov 2, 2025, 11:41 PM

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބޯހިޔާވަހިކަމުގެ ބިލަށް ހުށަހެޅި ހިޔާލުތަކާ ގުޅޭ ގޮތުން ކޮމިޓީން މިއަދު މަޝްވަރާކޮށްފި އެވެ.

Advertisement

މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރުން ވަނީ އާންމުންނާއި އިދާރާތަކުގެ ފަރާތުން ހުށަހަޅާފައިވާ ހިޔާލުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، ބިލަށް ބައެއް އިސްލާހުތައް ގެންނަން ނިންމައިފަ އެވެ.

އެ ބިލަށް ހައުސިން މިނިސްޓްރީން ވެސް ހިޔާލު ހުށަހަޅަން ނިންމާފައިވާކަމަށާއި މިނިސްޓްރީން ހުށަހަޅާ ހިޔާލުތައް ކޮމިޓީއަށް ލިބޭނީ އަންނަ އަންގާރަ ދުވަހު ކަމަށް ވެސް ކޮމިޓީގައި ބުނެފައިވެއެވެ.,

ކޮމިޓީން ވަނީ އެ ބިލަށް މަޝްވަރާކުރުމަށް މިއަދު ހެނދުނާއި މެންދުރު ފަހު ވެސް ބައްދަލުވުމެއް ބާއްވައިފަ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާެރުން ވެރިކަމަށް އައީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމުގެ ވައުދާއެކުގައެވެ. ނަމަވެސް ވެރިކަމަށް ދެ އަހަރުވީ އިރުވެސް މި ސަރުކާރުގެ އެއްވެސް ފްލެޓެއް ގޯއްޗެއްް ދީފައިނެތެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved