March 14, 2026
Advertisement
.
. / ރައްޔިތުންގެ މަޖިލިސް

ފޭދޫގައި ވަކި ކައުންސިލެއް ހަދަން އުޅުމުން އައިބީގެ އިތުބާރު ނެތްކަމުގެ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

Yana Shareef
ޔާނާ ޝަރީފް
Nov 3, 2025, 01:04 AM

އައްޑޫ ސިޓީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ގެ އިތުބާރު ނެތްކަން ހާމަކުރުމަށް ފޭދޫ ރައްޔިތުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

Advertisement

ޕެޓިޝަންގައި ސޮއިކުރަން ފެށީ ފޭދޫގައި ވަކި ކައުންސިލެއް ހަދަން ނުފެންނަ ކަމަށް އާންމުންގެ ބޮޑު މެޖޯރިޓީއަކުން ވޯޓު ދިނުމުން އުފާ ފާޅުކުރަން ސައިކަލު ބުރު ނިންމާލުމަށްފަހު އެވެ.

މައުލޫމާތު ލިބުނުގޮތުގައި އައިބީގެ އިތުބާރު ގެއްލުނީ ފޭދޫގައި ވަކި ކައުންސިލެއް ހަދަން މަސައްކަތް ކުރުމުންނާއި ފޭދޫގެ ތަރައްގީއަށް ހުރަސް އަޅަމުންދާތީ ކަމަށެވެ.

އައިބީގެ އިތުބާރު ނެތްކަމުގެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ހުށަހަޅާނެކަމަށަް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

އައިބީގެ އިތުބާރު ނެތް ކަމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައި މިވަނީ ބުދަ ދުވަހު މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގަންނަވަން ހަމަޖެހިފައި އޮތް ދަނޑިވަޅެއްގަ އެވެ.

ފޭދޫގައި ވަކި ކައުންސިލެއް ހެދުމަށް ނެގި އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި އައިބީއާއި އޭނާގެ ދަރިކަލުން, މި ސަރުކާރުގެ ހޯމް މިނިސްޓަރ އަލީ އިހުސާން ވެސް ވަނީ ކެމްޕެއިންކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved