March 14, 2026
Advertisement
.
. / ރައީސް އޮފިސް

ރައީސް މުއިއްޒުގެ ދަތުރުތަކުން އެދެވޭވަރުގެ ނަތީޖާއެއް ނުނިކުންނަކަމަށް އައިބީ ވިދާޅުވެއްޖެ

Yana Shareef
ޔާނާ ޝަރީފް
Nov 12, 2025, 08:46 PM

ރައީސް ޑރ.މުހައްމަދު މުއިއްޒު ރާއްޖެތެރެއަށް ކުރައްވާ ދަތުރުތަކުން އެދެވޭ ވަރުގެ ނަތީޖާއެއް ނުނިކުންނަ ކަމަށް ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ދީދީ(އައިބީ) ވިދާޅުވެއްޖެއެވެ.

Advertisement

އައިބީ މިފަދައިން ވިދާޅުވީ މުއިއްޒުގެ ދަތުރުތަކުން ނަތީޖާއެއް ނުނިކުންނަ ކަަމަށާއި ބޭރު ގައުމުތަކުން އެހީ ނުހޯދޭ ކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ބަޖެޓު ބަހުސްގައި ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

އެއްފަހަރު މުއިއްޒުގެ ދަތުރުތަކުން ކުރާ އެއްްވެސް ފައިދާއެއް ނެތްކަމަށް ބުނި އިރު އަނެއްފަހަރު މުއިއްޒުގެ ދަތުރުތަކުން ވަރަށް ބޮޑަށް ފައިދާވާކަމަށް އައިބީ ވަނީ ވިދާޅުވެފައެވެ.

އައިބީ އާއި މުއިއްޒު އާއި ދެމެދުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާކަަމަށް ތޭރައޮންލައިނަށް ވަނީ މައުލޫމާތު ލިބިފައެވެ. އެގޮތުން އައްޑޫ ސިޓީ ރަށްތަކުގެ އިދާރީ ހިންގުން ބަދަލުކުރުމަށް ނެގި ވޯޓުގައި ފޭދޫވަނީ ވަކި ނުވުމަށް ނިންމާފައެވެ. ރައްޔިތުންގެ ވޯޓު އައިބީ ބޭނުންވި ގޮތަށް ނުދިނުމުން އައިބީ ހުރީ ދާދި ފަހުން ރައީސް މުއިއްޒު އައްޑޫއަށް ކުރެއްވި ދަތުރުގައި ދެފައި ކައިރިކޮށްލަން ވެސް ނުކެރިފައިކަމަށް ފޭދޫގެ ބައެެއް މީހުން މައުލޫމާތު ދީފައިވެއެވެ.

މުއިއްޒުގެ ދަތުރުތަކާއި ގުޅުވާ މީކާއިލް އެންމެ ބޮޑަށް ފާޑުވިދާޅުވީ ގައުމުތަކުން އެހީ ނުލިބުމާ ގުޅުވަ އެވެ. ފިނޭންސް މިނިސްޓްރީން މި އަހަރަށް ފާސްކުރި ބަޖެޓުގައި އަންދާޒާ ކުރީ ފައިސާގެ ހިިލޭ އެހީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. މިއީ ރަސްމީ ރޭޓުގައި ޑޮލަރުން ހިސާބުކުރާއިރު 120 މިލިއަން ޑޮލަރެވެ.

ނަމަވެސް އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ފިނޭންސުން އަންދާޒާކުރަނީ މި އަހަރުގެ ތެރޭގައި ފައިސާގެ ހިލޭ އެހީގެ ގޮތުގައި ލިބޭނީ 34.4 މިލިއަން ރުފިޔާ ކަމަށެވެ. މިއީ އެންމެ 2.2 މިލިއަން އެމެރިކާ ޑޮލަރެވެ. ފިނޭންސުން މިހާރު ބުނަނީ ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދުގެ ދެ ޕަސެންޓު ވެސް ނުލިބޭނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މުއިއްޒު އެންމެ ފަހުން ބޭރުގެ ގައުމުތަކަށް ކުރެއްވި ހަތަރު ދަތުރުގެ ހަރަދުތައް ހާމަކުރަން ރައީސް އޮފީހުން ވަނީ ދެކޮޅު ހަދާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved