March 14, 2026
Advertisement
މެމްބަރު ދީދީ
މެމްބަރު ދީދީ / ރައްޔިތުންގެ މަޖިލިސް

ޓުއަރިޒަމް ޤާނޫނަށް އިސްލާހުގެނައުމުގެ ބިލަކީ 'އައި ނީޑް ސަމް ކޭޝް ބިލެއް' ކަމަށް މެމްބަރު ދީދީ ވިދާޅުވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Aug 16, 2024, 11:49 PM
މާލެ ސިޓީ

ޓުއަރިޒަމް ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ 'އައި ނީޑް ސަމް ކޭޝް ބިލެއް' ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

Advertisement

ދީދީ މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ދީދީ ވިދާޅުވީ މި ބިލަކީ ސަރުކާރަށް ބޭނުންވާ ފައިސާ ކޮޅެއް ކުރު މުއްދަތެއްގެ ތެރޭގައި ހޯދުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.

އޭނާ ވަނީ މިއީ ރައްޔިތުންނަށް ފައިދާ ހުރި އެއްވެސް ކަމެއް ހިމެނޭ ބިލެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި އަރލީ ބަރޑް އޮފާ، ނުވަތަ ކުރިން ބުކިން ހެދުމުން އަގު ހެޔޮކޮށް ރޫމް ލިބޭ އޮފަރ އަޅުވާ ކަމަށާއި މި ބިލުގެ މަސައްކަތް ވެސް ފެނުނީ އެފަދަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން މުޅި ސިނާއަތަށް ފައިދާ ވާނެ ކަމަށް ސިފަކޮށްދޭން މަސައްކަތް ކުރި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށް ވިދާޅުވެ އޭނާ ވަނީ ފާޑު ވިދާޅުވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved